ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް ދިވެހީންތަކެއް ރަހީނުކޮށްފި .

bodufinolhuvikumunkambuvey.jpg

ބ.ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅު ގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެމީހުންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ދީފައި ނުވާތީ އެ ރަށުގައި އިހުތިޖާޖުކޮށް ދިވެހިންތަކެއް ރަހީނުކޮށްފިއެވެ.

ބ. ތުޅާދޫއިން މައުލޫމާތު ލިބުނު ގޮތުގައި އެރަށުގައި ފުރަތަމަ ކުރިމަތިލުން ހިނގަން ފެށީ މެދުވެރިވީ  200 އެއްހާ ބިދޭސީންނާއި އެރަށުގައި ތިބި 30 ވަރަކަށް ދިވެހި މުވައްޒަފުންނާއި ދެމެދުގައެވެ.

މިކަން ބޮޑު ކުރިމަތިލުމަކަށް ބަދަލުވީ ބިދޭސީން ނުކުމެ ރިސޯޓުގެ ތަންތަނަށް ގެއްލުންދޭން ފެށުމުން ދިވެހިން އެކަން ހުއްޓުވަން ނުކުތުމުންނެވެ،

ހަމަ ނުޖެހުން ހިނގައި ދިވެހީންތަކެއް ރަށުން ފޭބިޔާ ނުދީ ރަހީނު ކޮށްފައިވާކަން އެނގުމުން، ތުޅާދޫގެ ބައެއް އާންމުން ވަނީ އެކަން ހުއްޓުވަން ދޯންޏެއްގައި ބޮޑުފިނޮޅަށް ގޮސްފައެވެ. އެމީހުން ދިޔައީ ދަގަނޑު ބުރިތަކެއް ހިފައިގެން ކަން އެނގިފައިވެއެވެ.

މީގެ ތެރެއިން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ފުލުހަކުވެސް ތުޅާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިންކަން އީވީއަށް އެނގިފައިވެއެވެ.

ތުޅާދޫން ވާހަކަދެއްކި މީހަކު ބުނީ، ފުލުސް މީހާ އެރަށަށް ގެންދިޔައިރު އޮތީ ހޭނެތިފައި ކަމަށެވެ.

ފުލުހުން ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިއަ ނުދީ ހިފަހައްޓަައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top