ގޮއިދޫ ކުޅުންތެރިންގެ ރޮކެޓް ސްޕީޑަށްވުރެ އޭދަފުށި ކުޅުންތެރިން ހަލުވިކަން ދައްކައިދީފި

DSCN1533.jpg

އޭދަފުށީ ކުޅުންތެރިން ގޮއިދޫގެ ހަމަލާއަކަށް ތައްޔާރީ ހާލަތުގައި - ފޮޓޯ : އީވީ

ކުޅިވަރުގެ ރޮނގުގައި އޭދަފުށްޓާ އެންމެ ވާދަވެރި ރަށަކީ ކޮބައިތޯ އަހައިފިނަމަ ޖަވާބަކަށް ވާނީ ގޮއިދޫއެވެ. ގޮއިދޫއަކީ އޭދަފުށްޓަށް ވުރެ ގިނަ ކުޅިވަރު ކުޅޭ ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ރަން ވަނަތަކެއްވެސް ހޯދަމުން އަންނަ ރަށެކެވެ.

ބ.އަތޮޅު ކައުންސިލްގެ ބަށި މުބާރާތުގައި މިއަހަރު ވާދަކުރުމަށް ގޮއިދޫ ބަށި ޓީމު އޭދަފުށްޓަށް އައީ ވެސް މި ދެންނެވި ރޫހުގައި ގޮއިދޫގެ ކުޅިވަރުގައި އާ ކާމިޔާބަކާއެކު އެޓީމުގެ ކާމިޔާބުތަކުގެ އަލަމާރި އަށް އިިިިިިތުރު ތައްޓެއްް ލުމުގެ އުއްމީދާވެސް އެކުގައެވެ. ބަށީގެ ރަނިންގެ ގޮތުގައި ގޮއިދޫގެ ބަށި ކުޅުންތެރިން މަޝްހޫރު ވެފައިވަނީ އެރަށުގެ ޖިންސުއްލަތީފުން އެކުޅިވަރުގައި ކުރިއަރާފައިވާ ހިސާބަށް އަތޮޅުގެ އެހެންރަށަކަށް މިފަހުގެ ތާރީޚުގައި އާދެވިފައި ނެތުމުންނެވެ.

މިއަދަކީ ތާޜީޚީ ދުވަހެކެވެ. ގޮއިދޫއަށް ހިތާމަވެރި ދުވަހެކެވެ. އޭދަފުށްޓަށް އުފާވެރި ދުވަހެކެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ގޮއިދޫ ހޯދާފައިވަނީ ފައިނަލުގައި އޭދަފުށި ބަލިކޮށްގެންނެވެ. އެކަމުގެ ބަދަލު ހިފުމުގެ ފުރުސަތަކަށް ބަލަބަލާ ތިބި އޭދަފުށީ ކުޅުންތެރިން މިއަދު އެޓީމާ ބައްދަލުކޮށް ބަދަލު ހިފައިފިއެވެ. އެންމެ ލަނޑެއްގެ ތަފާތުން މޮޅުވެގެންނެވެ.

ގޮއިދޫ ކުޅުންތެރިއަކު ސައްޕު ޖަހަން ތައްޔާރުވެފައި-ފޮޓޯ : އީވީ

ގޮއިދޫ ކުޅުންތެރިއަކު ސައްޕު ޖަހަން ތައްޔާރުވެފައި-ފޮޓޯ : އީވީ

ސަޕޯޓަރުންނާއެކު އަމިއްލަ ފަސްގަނޑުގައި ކުޅެ އޭދަފުށީ ޓީމަށް ހެދިފައިވަނީ 28ލަނޑު 1 ފޯއްޔެވެ. މުބާރާތުގެ މިހާ ހިސާބަށް އައިއިއު އެއްވެސް މެޗަކުން ބަލިވެފައި ނެތް ގޮއިދޫ ޓީމަށް ހެދިފައިވަނީ 28ލަނޑެވެ.

މި މޮޅާއެކު އޭދަފުށި ދެން ވާދަކުރަން ޖެހޭނީ ހިތާދޫއާއެވެ. ގޮއިދޫ ވާދަކުރަންޖެހޭނީ މާޅޮހާއެވެ. މިދެމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top