ގްރީންޓެކުހުން ބ. އަތޮޅުން 6.9 މިލިޔަން ރުފިޔާ

our-island-gallery-hotel-resort-island-finolhu-baa-atoll-beach-club.jpg

ބ.އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓް

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކުހުން މިދިޔަ އޮގަސްޓު މަހު ބ.އަތޮޅުން 6.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ‘ގްރީން ފަންޑް ރިޕޯޓް’ އިން ހާމަ ކޮށްފިއެެވެ.

އެ ރިޕޯޓުގައިވާ ގޮތުން ބ.އަތޮޅުން ޖުމްލަ ހަތް މިލިޔަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ލިބިފައިވާ އިރު އެއަދަދަކީ ތިންވަނަ އަށް އެންމެ ބޮޑު އަދަދަކުން ގްރީން ޓެކްސް ލިބުނު އަތޮޅުކަމުގައި ފާހަގަ ކުރެވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި އެންމެ ގިނައިން ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެއަތޮޅުން 26 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އދ. އަތޮޅުން 11.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިސޯޓު ތަކުން އެންމެ ބޮޑު ގްރީން ޓެކުހެއް ލިބިފައިވަނީ ވެސް މާލެ އަތޮޅުންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި އޮގަސްޓް މަހު ޖުމްލަ ލިބިފައިވަނީ 72 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ގެސްޓްހައުސް ތަކުން ލިބިފައިވަނީ ދެ މިލިއަން ރުފިޔާ އެވެ. އަދި ހޮޓާ ތަކުން 1.4 މިލިއަން ރުފިޔާ ލިބިފައިވާއިރު ރިސޯޓު ތަކުން ލިބިފައިވަނީ 67 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް 580 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ. އަދި ފަންޑުން 192 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު ފަންޑުގައި ބާކީ 388 މިލިއަން ރުފިޔާ އެބަހުއްޓެވެ.

ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓު ތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ އެވެ.

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top