ރޭ ހުޅުމާލެ ފުޓްސަލް ދަނޑުގައި ކުޅުނު ޒޯން 2 ގެ ފަހު މެޗް ގައި އޭދަފުޓާ ހޮޅުދޫ ބައްދަލުކުރި މެޗް 8-0 އިން ކާމިޔާބު ކޮއް ޒޯން 2 ގެ ޗެންޕިއަންކަން ހޯދައިފި އެވެ.
ރޭގެ މެޗަށް އޭދަފުށި ނިކުތްއިރު ޒޯން 2 ގެ ޗެންޕިއަންކަން ލިބެން އޮތީ މަދުވެގެން 3 ގޯލް ޖަހައިގެންނެވެ. އެހެންނަމަވެސް ބޮޑު ތަފާތަކުން ހޮޅުދޫ ބަލި ކޮށްފައިވާއިރު މިމެޗުގައި ސައްޓުގެ ދެ ގޯލާއެކު ސޮބީ އާއި ހަމްދާން ވަނީ ހެޓްރިކްވެސް ހަދާފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭދަފުށީ ޓީމްގެ އަހުމަދު އަސްރަފް ޔޫސުފެވެ.
ޒޯން 2 ގެ އެންމެ ގިނަ ގޯލް ޖަހާފައިވަނީ ވެސް އޭދަފުށީ ޓީމް ގެ އަހުމަދު އަސްރަފް ޔޫސުފެވެ. އެންމެ މޮޅު ކުޅުންތެރިއަކައް ހޮވިފައިވަނީ އިގުރައިދޫ ޓީމް ގެ އަލީ ހާފިޒެވެ.
ޒޯން 2ގެ ފުރަތަމަ މެޗް ގައި އޭދަފުށި ބައްދަލު ކުރީ އިނގުރައިދޫ ޓީމް އާއެވެ. އެމެޗް 3-3 އަކުން ވަނީ އެއްވަރު ވިޔަސް ދެވަނަ މެޗް ގައި އިނގުރައިދޫ، ހޮޅުދޫ އާ ބައްދަލު ކުރި މެޗުން އިނގުރައިދޫ ވަނީ 5-2 ން ކާމިޔާބު ކޮއްފައެވެ.
އޭދަފުށީ ޓީމަށް ޒޯން 2 ގެ ޗެމްޕިއަން ކަން ލިބިފައިވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ އެކަމަކު އިނގުރައިދޫ އަށް ވުރެ 5 ގޯލުން ކުރި ލިބިގެންނެވެ.
ޒޯން ދޭކުން ގަދަ 16 އަށް އިނގުރައިދޫ އާއި އޭދަފުށި ވަނީ ދަތުރު ކޮށްފައެވެ.
ގަދަ 16 ގެ މެޗްތައް މާދަމަ ރޭ ހުޅުމާލެ ފުޓްސަލް ދަނޑުގައި ފެށޭއިރު އޭދަފުށި ނިކުންނާނީ ހދ. ނާވައިދޫ އާއި ދެކޮޅަށެވެ. މެޗް ފަށާނީ މާދަމާރޭ 8.15 ގައެވެ..