ކައިވެނި ކޮށްގެން 20 އަހަރަށްވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަރްޖުން ރާމްޕާލް އާއި އޭނާގެ އަންހެނުން މެހެކް ޖެސިޔާ ގެ ކައިވެނި ނިމުމުމަކަށް ގެނެސް މިދިޔަ އަންގާރަ ދުވަހު ރަސްމީ ކޮށް ވަކިވެއްޖެއެވެ.
ވަކިވުމަށް ފަހު ދެމީހުންގެ ފަރާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކައިވެނީގެ ގުޅުން ނިމުނު ނަމަވެސް ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށާއި އެކަން އެގޮތަށް ދެމި އޮންނާނެ ކަމުގައެވެ. އަދި މިއީ އުނދަގޫ ނިންމުމެއް ކަމަށާ ނަމަވެސް ދެމީހުންނަށް ވެސް މިއީ މި ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވޭތީ ވަކިވީ ކަމުގައެވެ. ދެމީހުން ވަކިވި ނަމަވެސް ކުދިންގެ ކަންކަމުގައި ދެމީހުންގެ ބައިވެރިވުން އަބަދުވެސް އޮންނާނެ ކަމަށްވެސް ބަޔާނުގައިބުނެފައި ވެއެވެ.
“ވަރަށް އުފާވެރި ކަމާއެކު ވޭތުކުރި 20 އަހަރު ދުވަހާއެކު އެދުވަސްތަކުގެ ރީތިހަނދާންތައްވެސް އަބަދުވެސް އަހަރެމެން އާކުރާނެ. ” ބަޔާނުގައި ބުނެފައިވެއެވެ.
މި ދެމީހުން ރަސްމީ ކޮށް ވަކިވެފައި މިވަނީ މިވާހަކަ ބޮލީވުޑްގައި ދެކެވެމުން ދާތާ ދުވަސް ތަކެއްގެ ފަހުންނެވެ.
އަރްޖުންގެ އަންހެނުން މެހެކް އަކީ 1998 ގެ މިސް އިންޑިއާ ގެ އިތުރުން ސުޕަރ މޮޑެލެއްވެސް މެއެވެ. ދެމީހުން ވަކިވިއިރު ދެމީހުންގެ ދެ އަންހެން ދަރިން ، 16 އަހަރުގެ މެހެކާ އާއި 13 އަހަރުގެ މައިރާ އެބަތިއްބެވެ.