ވޯލްޑްޝެފްސްގެ ޖަޖިންގ ސެމިނާރއެއްގައި އޭދަފުށީ ސޮބާ ބައިވެރިވެއްޖެ

68897_8e238d1b-0_-800x533-800x533.jpg

“ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ދޭ ގައުމީ އިނާމާއި ހަވާލުވުމަށް ސޮބާ ރައީސް އަރިހުގައި.

 

ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވޯލްޑްޝެފްސް)ގެ ޖަޖިން ސެމިނާއެއްގައި އޭދަފުށީ ބިންހިމަގޭ އަބްދުﷲ ސޮބާހު (ސޮބާ ) ބައިވެރިވެ އެ ސެމިނާރ ފުރަތަމަފަހަރަށް ފުރިހަމަކުރި ތިން ދިވެހިންގެ ތެރޭގައި ހިމެނިއްޖެއެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިދިޔަ އަންގާރަދުވަހު އޮތް މި ސެމިނަރގައި ސޮބާ އާއެކު ދިވެހި އެހެން ދެ ޝެފުންވެސް ބައިވެރިވިއެވެ. އެއީ ރާއްޖޭގެ އަނަންތަރާ ކިހަވަށް ވިލާސްގެ އެގްޒެކެޓިވް ޝެފް، އިސްހާގާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލީޑިން ޓްރެއިނަރު އައިމިނަތު ޝާނީއެވެ. ސޮބާ އަކީ ސޮނޭވާފުށީގެ “ސޫ ޝެފް”ގެ މަގާމުގައި ހުރި ހަމައެކަނި ދިވެހި ޝެފެވެ.

ދިވެހި ތިން ޝެފުން ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ރާއްޖޭގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުންނެވެ.

ވޯލްޑްޝެފްސްގެ ކަލިނަރީ ކޮމްޕެޓިޝަން ކޮމެޓީއިން އުފައްދާ ޖަޖިން ސެމިނާ ޕްރޮގްރާމްތަކަކީ ކޮންމެ ބައްރެއްގައި ވެސް ގަވާއިދުން ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ.

ވޯލްޑްޝެފްސްގެ ސެމިނާރެއްގައި ބައިވެރިވެ އެ ސެމިނާރ ކާމިޔާބު ކަމާއެކު ނިންމުމަކީ ވޯލްޑްޝެފްސް ގަބޫލުކުރާ ޖަޖަކަށްވުމަށް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަމެކެވެ.

ވޯލްޑްޝެފްސް އިން ގަބޫލުކުރާ ޖަޖެއްގެ މަގާމް ލިބުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މަޝްހޫރު ކަލިނަރީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކަލިނަރީ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ސޮބާ ވަނީ އޭނާ ބައިވެރިވެފައިވާ ކެއްކުމާ ބެހޭ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ގިނަ މެޑެލްތަކަކާއި އިނާމުތަކެއް ހޯދާފައެވެ. އެގޮތުން  އެފް.އެޗް.އޭ. އެމް. 2015ގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ އޭނާވަނީ ހަތަރު ކެޓަގަރީއަކުން އިނާމާއި މެޑެލް ހޯދާފައެވެ. އޭގެ ތެރޭގައި ހޮޓް ކުކިން ލޭމްބު އެންޑް ބީފްގެ ބައިން ރަން މެޑެލްއާއި ރާއްޖޭގެ އެންމެ މޮޅު ޝެފްގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ޝެފްގެ މަގާމާއި ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ އޭޝިއާ ބައްރުގެ ޑައިރެކްޓަރުގެ މެޑެލް ހިމެނެއެވެ. މީގެ އިތުރުން އޭނާވަނީ “ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ދޭ ގައުމީ އިނާމާއި މެޑްލްވެސް ހޯދާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top