ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ބިލު މަޖިލީހުން ބަލައެއްނުގަތް

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް، ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަން ލާޒިމުކުރަން ޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރުކޮށްލައިފިއެވެ.

އެ ބިލު ބޭރުކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 32 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

އެ ބިލުގައި ބުނީ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކި ކަމެއް އިސްލާހުކުރުމަށް ގައުމީ އިދާރާއަށް ފެންނަނަމަ ރަށު ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހުކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ވާނެ ކަމަށެވެ.

އެ މުއްދަތު ފާއިތުވާއިރު އެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެ އިދާރާއިން އަންގާފައިނުވާނަމަ އެ ޕްލޭން ފާސްވީ ކަމުގައި ބަލަން ވާނެ ކަމަށްވެސް ބިލުގައި ބަޔާން ކުރެއެވެ.

އެ ބިލު ހުށަހެޅީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އަތޮޅުތެރޭގައި ބިން ހެޔޮ ގޮތުގައި ބޭނުންކުރުމަށް ފަސޭހަ ކުރުމަށް ކަމަށް ބިލް ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީ މެންބަރުން ވިދާޅުވެފައި ވަނީ ހުށަހަޅާފައިވާ ބިލުން އެކަމަށް އެއްވެސް ހައްލެއް ނުލިބޭނެ ކަމަަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top