ވެލާ ސިޓީން އޭދަފުށީ ރައްޔިތުންނަށް އާއަހަރު ދޭ ހަދިޔާއެއްގެ ގޮތުން، ޓެކާސް ފުޓްސަލް މުބާރާތުގައި ބައިވެރިވެއްޖެ!

327f92cf-4f3d-4ccc-9cbf-08bc9726959a.jpg

އޭދަފުށީގައި ފުޓްސަލް ކުޅެން އެކަށީގެންވާ ދަނޑެއް ނެތުމުން މި ޒޯނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫގަ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަން ޝިޕް މޯލްޑިވްސް ކަޕްގައި އޭދަފުށީ ވެލާސްޕޯޓްސް ކްލަބުން ބައިވެރިވެއްޖެ އެވެ.

މިއީ އޭދަފުށީ ކައުންސިލުގެ އެދުމާއެކު އޭދަފުށި ތަމްސީލު ކުރުމުގެ ގޮތުން ބައިވެރިވާ މުބާރާތެއްކަމަށް ވެލާ ސްޕޯޓްސް ކްލަބުން މައުލޫމަތު ދެއްވަ އެވެ.

މިއީ މުޅި ރާއްޖެއަށް ހުލުވާލައިގެން ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގައި ބ.އަތޮޅުން ބައިވެރިވެފައިވަނީ އޭދަފުށިން ވެލާ ސްޕޯޓްސް ކްލަބްގެ އިތުރުން ދަރަވަންދުއާއި ކެންދޫ އަދި މާޅޮހެވެ.

މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، 21 އަތޮޅަށް ބަހާލައިގެން ހުރިހާ އަތޮޅެއްގައިވެސް ކުޅޭ ގޮތަށެވެ. އެއަށްފަހު މި ޒޯން ޗެމްޕިއަނުން ބައްދަލުކުރާ ދެ ފައިނަލް މެޗު ކުޅޭނީ ކ.ގާފަރުގައެވެ.

އެންމެ ފަހު ފައިނަލް ކުޅޭ ރަށް ހަމަޖައްސާނީ ގުރުއަތު ނަގައިގެންނެވެ.

ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ފަންސަވީސްހާސް ރުފިޔާ ކަނޑައަޅާފައިވާ މި މުބާރާތުގައި ބ.އަތޮޅު ހިމެނޭ ޒޯންގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ މެދުތެރޭގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top