މިސްކިތްތަކުގެ ކާޕެޓް ނަގަން އަންގަވައިފި

މިސްކިތް-1.jpg

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައް ނަގަން ލޯކަލް ގަވާމެންޓު އޮތޯރިޓީން ކައުންސިލްތަކަށް އަންގަވައިފި އެވެ.

އެހެންނަމަވެސް އެލްޖީއޭ އިން އޭދަފުށީ ކައުންސިލަށް މިކަން އަދި އަންގާފައިނުވާ ކަމަށް އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް ހައްވާ ސަމީހާ ވިދާޅުވި އެވެ.

ކާޕެޓުތައް ނަގަން އެންގީ ކޯވިޑް 19 އާއި ގުޅިގެން ރާއްޖެއިން އެކުލަވައިލާފައިވާ އެޑްވައިޒަރީ ގްރޫޕުން އެގޮތަށް ނިންމުމުން ކަމަށް އެލްޖީއޭ އިން ބުނެއެވެ.

އެލްޖީއޭއިން ބުނީ މިސްކިތަކީ ގިނަ ބަޔަކު އެއްވާތަނަކަށް ވާތީ ސާފު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ ތަނަކަށް ވާއިރު ކާޕެޓްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޓައިލްސް ތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރަން ފަސޭހަވާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ކެއްސާ ކިނބިހި އަޅާ ރޯގާ ޖެހިފައިި ތިބޭ މީހުން މިސްކިތަށް ނަމާދަށް ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ސްކޫލްތައް ހުޅުވުން އެއްހަފްތާ ދުވަސް ލަސްކުރަން ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މިހާތަނަށް ރާއްޖެއިން އަށް މީހަކު ވަނީ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައެވެ. އެއީ ރިސޯޓުތަކުގައި ތިބި ބިދޭސީންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top