ބ.އަތޮޅުގައި 7 ކައުންސިލަރުން އިންތިޚާބު ކުރާނީ އޭދަފުއްޓާއި ތުޅާދޫގައި 

13103262_1698165803755149_9172024363282898052_n-800x449-800x449.jpg

ބ. އޭދަފުށި. / ފޮޓޯ: ފޭސްބުކް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބ.އަތޮޅުން 7 ކައުންސިލަރުން އިންތިޚާބު ކުރަނީ އޭދަފުއްޓާއި ތުޅާދޫގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ

ގާނޫނުގައިވާ ގޮތުން 3000 ވުރެ އާބާދީ މަދު ކޮންމެ ރަށަކަށް އިންތިހާބު ކުރަންޖެހެނީ ފަސް ކައުންސިލަރުންނެވެ. އަދި 3000 ވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ހަތް މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.

އޭދަފުށީގެ އާބާދީއަކީ 3367 އެކެވެ. ތުޅާދުގެ އާބާދީއަކީ 3001 އެވެ. މި ދެރަށުގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލާއިރު މުޅި ރާއްޖޭގައި 7 ކައުންސިލަރުން އިންތިޚާބު ކުރަން ހަމަޖެހިފައިވަނީ ޖުމްލަ 14 ރަށުގައެވެ.

މި 14 ރަށުގެ ރަށު ކައުންސިލަށް 98 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top