އޭދަފުށީގައި ގާއިމްކުރާ ހޯމް ސެންޓަރަށް 34 މުވައްޒަފުން ހޯދަން އިޢްލާންކޮށްފި

viber_image_2019-12-21_10-21-09.jpg

އޭދަފުށީ ގައި ހުރި ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރު. ފަހަތުން ފެންނަން އެހުރީ ހޯމް ސެންޓަރު ގާއިމްކުރުމަށް ކޮށްފައިވާ އިމްާރާތް / ފޮޓޯ: އޭދަފުށީ ވޮއިސް

ދައުލަތުގެ ބަޖެޓްގައި މިއަހަރު އޭދަފުށިގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ހޯމް ސެންޓަރަށް 34 މުވައްޒަފުން ހޯދަން އިޢްލާންކޮށްފިއެވެ.

އޭދަފުށީގައިހުރި ބ.އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގައި ގާއިމްކުރާ، ހޯމް ސެންޓަރަށް ބޭނުންވެގެން އިޢްލާން ކުރި މަގާމްތަކުގެ ތެރޭގައި 26 ކުދިން ބަލަހައްޓާ މީހުންގެ ވަޒީފާއާއި، 3 މަސައްކަތު މީހުން، 3 ކައްކާއިން އަދި އެސިސްޓެންޓް ޑިރެކްޓަރަކާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމް ހިމެނެއެވެ.

މިވަޒީފާތަކަށް އެދޭފަރާތްތަކުން 16 ޖަނަވަރީ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން ޖެންޑާ މިނިސްޓްރީއަށް ނުވަތަ، ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރަށް ހުށައެޅުއްވުމަށް އިޢްލާންގައި ވެއެވެ.

ހޯމް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދަން އިޢްލާން ކުރިއިރު، ހޯމް ސެންޓަރުގެ އިމާރާތަށް ގެންނަޖެހޭ ބަދަލުތަކާއި، ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. އެމިނިސްޓްރީން ކުރިން ބުނެފައިވަނީ މިއަހަރު އޭދަފުށީގެ އިތުރުން ހޯމް ސެންޓަރު ގާއިމްކުރާނީ އައްޑޫ ސިޓީގައި ކަމަށެވެ.

2007 ވަނައަހަރުން ފެށިގެން ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް ހިންގަމުން ގެންދާއިރު ފަހަކަށް އައިސް މަދުމަދުން ކުޑަކުދިންނަށް ހިމާޔަތްދީގެން އެތަނުގައި ބަލަހައްޓަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.

ހޯމް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ފެމެލީ ސެންޓަރުގެ ގޯތިތެރޭގައި ގާއިމްކޮށްފައި ހުންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top