ތުޅާދޫގައި މިއަހަރު ނިމުމުގެކުރިން އައިސްޕްލާންޓެއް ގާއިމްކުރާނެ

މިފްކޯއިން ގާއިމްކޮށްފައިވާ އައިސްޕްލާންޓެއް.

މިފްކޯއިން ގާއިމްކޮށްފައިވާ އައިސްޕްލާންޓެއް.

މަސްވެރިން ބާނާމަސް ތާޒާކަމާއެކު ގިނަ ވަގުތު ބެހެއްޓުމުގެ ގޮތުން މި އަހަރު ނިމުމުގެ ކުރިން ބ. ތުޅާދޫގައި އައިސްޕްލާންޓެއް ގާއިމް ކުރާނެކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިކަމާބެހޭ އިތުރު ތަފްސީލު ޕީއެސްއެމަށް ދެއްވަމުން އެމިނިސްޓްރީގެ ނައިބު ޝަޒާއިލް އިސްމާއީލް ޝިޔާމް ވިދާޅުވީ މިފްކޯއާ ހަވާލުކޮށްގެން ހަދާ މި އައިސްޕްލާންޓާއެކު އިތުރު ހަރަށުގައިވެސް މި އަހަރު ނިމޭއިރު އައިސް ޕްލާންޓް ގާއިމްކޮށް ނިމޭނޭ ކަމުގައެވެ.

މި ޕްލާންޓްތަކަކީ ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން ގާއިމްކުރާ ތަންތަންކަމުގައިވެސް ޝަޒާއިލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top