ރާއްޖޭގެ އާބާދީ ހަތަރުލައްކައަށްވުރެ މަތީގައި

2014ވަނައަހަރު އޮތް ބޯހިމެނުމުގެ މަސައްކަތުގައި

2014ވަނައަހަރު އޮތް ބޯހިމެނުމުގެ މަސައްކަތުގައި

ރާއްޖޭގައި މިހާރު ދިރިއުޅެމުންދާ މީހުންގެ ޖުމްލަ އާބާދީއަކީ 402071 ކަމުގައި މިއަދު ނެރުނު ބޯހިމެނުމުގެ ރަސްމީ ނަތީޖާއިން ދައްކައިފިއެވެ. އެއީ ރާއްޖޭގައި އުޅޭ ބިދޭސީންނާވެސް އެކުގައެވެ.

މިދިޔައަހަރުގެ ސެޕްޓެމްބަރުމަހު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައިވަނީ މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ތަފާސްހިސާބުގެ ނަތީޖާ ނެރެދެއްވީ ދިވެހިގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފުއެވެ.

މި ނަތީޖާއިން ދައްކާގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 338434 އެވެ. ބިދޭސީންގެ އާބާދީއަކީ 63637 އެވެ.

އާބާދީ އެންމެ ގިނަ ފަސްއަތޮޅުގެ ގޮތުގައި ބޯހިމެނުމުގެ ނަތީޖާއިން ފާހަގަކޮށްފައިވަނީ އައްޑޫ ސިޓީއާއި ހދ.އަތޮޅާއި މާލެއަތޮޅާއި ރ އަތޮޅާއި ހއ. އަތޮޅެވެ. އެންމެ މަދު ވ.އަތޮޅުގެ އާބާދީއަކީ 1601 އެވެ.

މިނަތީޖާއިން ދައްކާގޮތުން ރާއްޖޭގެއާބާދީގެ %38 މީހުން ދިރިއުޅެނީ މާލޭގައެވެ. އަދަދުން ބުނާނަމަ އެއީ 129381 އެވެ.

މި ރަސްމިއްޔާތުގައި ބޯހިމެނުމުގައި ދިމާވި ގޮންޖެހުންތަކާ ދަތިތަކާ ބެހޭގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސް ގެ ޗީފް ސްޓެޓިޓީޗަން ޝަހުދާ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ހޯދުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައާއި އެމައުލޫމާތު ލިބުނު މިންވަރުވެސް ދަށްކަމުގައެވެ.

ޝަހުދާ ވިދާޅުވީ މި ފަހަރުު ރާއްޖޭގައި ބޯހިމަނާފައިވަނީ ކުރީ ފަހަރުތަކާ ޚިލާފަށް ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ބެލުމަށެވެ. އެއީ ބައިނަލް އަގްވާމީގޮތުން މިކަން ކުރާ ގޮތްކަމުގައެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ 2006ވަނައަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top