މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރީ އެ އަތޮޅުގައި ދަނޑުވެރިކަމަށް ގިނަ ރަށްތަކެއް ދޫކޮށްފަ ހުރީމަ : ޒަހާ

DXI4qKKppA6bmQ4kKCgl.jpg

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު. ފޮޓޯ؛ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިޑު ކުރުމަށް ހުޅުވާލި 6 ރަށުގެ ތެރެއިން މާއްޑޫ ދޫނުކުރަން ނިންމީ އެއަތޮޅުގައި ދަނޑުވެރިކަން ކުރުމަށް މިހާރުވެސް ގިނަ ރަށްތަކެއް ދޫކޮށްފައި ހުރުމުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަު ޒަހާ ވިދާޅުވީ، މާއްޑޫ ދަނޑުވެރިކަމަށް ދޫ ނުކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އަދި އެގޮތަށް ނިންމެވީ އެ އަތޮޅުގައި ރަށްތައް މަދުވެފައި، މިހާރުވެސް އެ އަތޮޅުގައި ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ރަށްތައް ދޫކުރެވިފައި ހުރުމުންކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، މާއްޑޫ އާއެކު ހަ ރަށް ކުއްޔަށް ދޫކުރަން ނިންމައި އެކަން އިއުލާނުކުރީ އޮކްޓޫބަރު އަށް ވަނަ ދުވަހު އެވެ.

ބީލަމުގެ އުސޫލުން އެ ހަ ރަށް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމި އެވެ. އެ ހަ ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

މިނިސްޓްރީން ބުނީ އެ ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަން ޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top