އަލީރަމީޒްގެ ސުވާލުތަކެއް ސަރުކާރަށް

ali-rameez.jpg

އަވައްޓެރި ސްރީލަންކާއިން ކޮވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި މިހާރު ލަވަކިއުން ދޫކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒު ސަރުކާރަށް ސުވާލުތަކެއް އަމާޒުކޮށްފިއެވެ.

އެގޮތުން އަލީ ރަމީޒު ވިދާޅުވެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮވެ ސްރީލަންކާގެ ސަރުކާރުން އެގައުމުގެ މުސްލިމުންގެ ދީނީ އަދި އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގެން އިރު އެކަމާ ދެކޮޅަށް އެއްޗެއް ނުބެނުވުނީ ކީއްވެގެންތޯއެވެ؟ އަދި މުސްލިމުންނަކީ އެއް އުއްމަތެއްކަމުގައި ވާއިރު، އަވައްޓެރި ގައުމެއްގެ މުސްލިމުންނަށް މިފަދަ އަނިޔާއެއް ކުރިމަތި ކުރުވިއިރު، މުސްލިމުންގެ ހައްގުގައި މިރާއްޖެއަށް ތެދުވަން ނުކެރުނީ ކީއްވެގެންތޯ އާއި، މުސްލިމުންގެ ހަށިތައް އަންދަން ނިންމި ސަރުކާރުން، އެ ނިންމުން ބަދަލު ނުކޮށް، މުސްލިމް އާއިލާތަކުގެ އިހްސާސްތަކަށް އިހުތިރާމް ނުކޮށް، މުސްލިމުންގެ ހަށިތައް އެގައުމުން ބޭރުކުރަން އެދުމުން އެކަމަށް ވާގިވެރި ވަނީ ކީއްވެގެންތޯ ވެސް އަލީ ރަމީޒު ވަނީ ސުވާލު އުފައްދާފައެވެ.

އަދި ކޮވިޑްގައި މަރުވާ ލަންކާގެ ރައްޔިތުން ރާއްޖެއަށް ގެނައުމުގެ ކަންތައް ތެޅިފޮޅިގެން ކުރަން ސަރުކާރުން އުޅެނީ، މިކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރަށް ކޮން މަންފާއެއް އޮވެގެންތޯ ސާފުކޮށް ދިނުމަށް ވެސް އަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ ކަންކަން ހަމަޖެއްސުމަށް އެގައުމުގެ ރައީސް ރާއްޖޭގެ ރައީސްގެ ކިބައިން އެދިވަޑައިގެން ސިޓީއެއް ފޮނުވާފައިވާކަމަށް ސަރުކާރުން ބުނާއިރު، ލަންކާގެ ބައެއް ނޫސްތަކުން ބުނަމުންދަނީ މިކަމަށް އިސްނަގައިގެން އަމިއްލައަށް އެދިފައިވަނީ ދިވެހި ސަރުކާރުން ކަމަށެވެ. މިމަޝްވަރާތައް ކުރަމުންދާއިރު، މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

އެހެންނަމަވެސް މިހާރު ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުނެގެ ހަށިތައް އަންދާލަން ނިންމާފައިވާ ނިންމުން ވަނީ މަޑުޖައްސާލާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top