ތައުލީމީދާއިރާއަށް ސައުދީސަރުކާރުގެ ދީލަތިއެހީތަކެއް

t.php_1.jpg

9.11.2015 ސައޫދީ ސަފީރު އެޑިއުކޭޗަން މިނިސްޓަރ އާ ބައްދަލު ކުރެއްވުން. ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން.

ސައޫދީ ސަރުކާރުން ރާއްޖޭގައި މަދަރުސާތަކެއް އަޅައިދިނުމާށައި ޓީޗަރުން ފޮނުވައިދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރގެ އަރިހަށް ސައުދީ ސަފީރު ބަދްރުއްދީން އިއްޔެ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިތުރު ސްކޫލްތަކެއް އަޅައިދިނުމަށް ސައޫދީ ސަރުކާރުން ބޭނުންވާކަމަށާއި މިކަމާބެހޭ ކަންތަައްތައް ވީ އެންމެ އަވަހަކަށް ސައޫދީ ސަރުކާރާއި ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ދެބޭފުޅުންގެ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސައުދީގެ އެހީގައި ދިވެހި 150 ދަރިވަރަކަށް ދެއްވާފައިވާ ސްކޯލަރޝިޕްގެ ކަންތައް އަވަސްކޮށްދެއްވުމަށާއި ރާއްޖޭގެ ސްކޫލްތަކުގައި އަރަބިބަސް ކިޔަވައިދިނުމަށް ފަށާފައިވާ ޕްރޮގްރާމަށް އެހީތެރިވެދިނުމުގެ ގޮތުން ސައޫދީ ސަރުކާރުން ފޮނުވަން ނިންމަވާފައިވާ ޓީޗަރުން އައުން އަވަސްކުރުމާ ބެހޭގޮތުން ވެސް ވާހަކަ ދެއްކެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރވަނީ ސައޫދީ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top