ދިވެހިކަނޑުމަހުގެ ރަހަ ޔޫކޭގެ ސުޕަރމާޓްތަކުގައި

aa1.jpg

އިގިރޭސި ވިލާތުގެ މަޝްހޫރު ކުންފުނި “ސެއިންސްބެރީ”އިން ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ތައްޔާރުކޮށް މާރކެޓަށް ނެރުމަށް ނިންމައިފިއެވެ.

މުޅިން އަލަށް ތައްޔާރުކޮށްގެން ނެރެނީ ދިވެހި މަސްދަޅު ބޭނުންކޮށްގެން އުފައްދާ ބާވަތްތަކެވެ. މިކަމަށް ބޭނުންކުރާ މަސްދަޅަކީ ދޮށީގެ މަސްވެރިކަން ކޮށްގެން ބާނާ މަހުން ރާއްޖޭގައި އުފައްދާފައިވާ ދަޅުމަސްކަމަށް ވުމުން ދޮށީގެމަސްވެރިކަން ކުރުމަށް ލިބުނު އާހިތްވަރަކަށް ވާނެއެވެ.ހަމަމިއާއެކު ރާއްޖޭގެ ދަޅުމަހުގެ ޑިމާންޑްބޮޑުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

މާކެޓަށް ނެރެން ނިންމާފައިވަނީ ސެއިންސްބަރީ ޓޫނާ ސްވީޓްކޯން ސޭންޑްވިޗް އާއި ސެއިންސްބަރީ ޓޫނާ މަޔޮނައިސް ސޭންޑްވިޗްއާއި އަދި ސެއިންސްބަރީ ޓޫނާ އެންޑް ކިއުކަމްބާ ސަބްރޯލްގެ އިތުރުން ސެއިންސްބަރީ ޓޫނާ އެންޑް ސްވީޓްކޯން ޕާސްތާ ސަލަޑްއެވެ.

157000މުވައްޒަފުން ވަޒީފާ އަދާކުރާ ސެއިންސްބަރީކުންފުނި އުފެދިފައިވަނީ 1869 ވަނަ އަހަރުއެވެ. ދުނިޔޭގެ އެކި ތަންތަނުގައި އެ ކުންފުނީގެ 1100 އަށްވުރެ ގިނަ ސުޕަރމާޓް ހުންނައިރު މުޅި ޔޫކޭގެ ދެވަނައަށް އެންމެ ބޮޑު ސުޕަރމާޓްޗެއިން އަކީ ސެއިންސްބަރީ ކުންފުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top