އެންމެމޮޅު ޝެފަކަށް ސޮބާ

ސޮބާ އެވޯޑްތަކާއެކު ކާމިޔާބުގެ އުފަލުގައި

ސޮބާ އެވޯޑްތަކާއެކު ކާމިޔާބުގެ އުފަލުގައި

މި އަހަރު މާލޭގައިބޭއްވި ހޮޓެލް އޭޝިއާ އެގްޒަބިޝަންގެ ކަލިނަރީޗެލެންޖްގައި އެންމެމޮޅު ޝެފެއްގެގޮތުގައި އޭދަފުށި ބިންހިމަގޭ އަބްދުﷲ ސޮބާހުހޮވިގެން އެންމޮޅުޝެފްގެ އެވޯޑް ސޮބާއަށްލިބިއްޖެއެވެ.

މި އެގްޒަބިޝަންގެ ކަލިނަރީޗެލެންޖްގައި ސޮބާހު އެއްވަނައަށްއައީ ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިޝެފުންނާ ބިދޭސީ ޝެފުންގެ450އެއްހާ މީހުންނާ ވާދަކޮށްގެންނެވެ.

ސޮބާއަށް މިއެވޯޑްގެ އިތުރުންވަނީ ފެކަލްޓީއޮފް ހޮސްޕިޓަލިޓީ އެންޑްމެނޭޖްމަންޓް (އެފްއެޗްއޭއެމް) 2015އާއި ވޯލްޑްޝެފް އެސޯސިއޭޝަން(ވެކްސް) އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރ މެޑެލްއާއި ހޮޓްކުކިންގ ލޭމްބް ގޯލްޑްއާއި (އެފްއެޗްއޭއެމް) ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑްވެސް ލިބިފައެވެ.
ސޮބާއަކީ ސޮނޭވާފުށިރިސޯޓްގެ ޝޫޝެފެއްގެ މަގާމުގައި ހުރި ހީވާގިޝެފެއްގެ ގޮތުގައި އޭނާ ދަންނަމީހުން ސިފަކުރާމީހެކެވެ.

ހޮޓެލް އޭޝިއާ ފެއަރއަކީ މޯލްޑިވްސް އެގްޒަބިޝަން އެންޑް ކޮންފަރެންސް ސަރވިސް(މެކްސް)އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އިންޓަރނެޝަނަލް ފެއަރއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top