ރަށުފެންވަރުގައި ޒުވާނުންގެދުވަސްފާހަގަކުރުން : ފުރަތަމައައިޓަމްގައި އޭދަފުށީކައުންސިލް ބައިވެރިއެއްނުވޭ؟

އޭދަފުށީގެ ޒުވާނުންތަކެއް. އިޖްތިމާއީ މަސައްކަތުގައި

އޭދަފުށީގެ ޒުވާނުންތަކެއް. އިޖްތިމާއީ މަސައްކަތުގައި

ޒުވާނުންގެދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަަށް އޭދަފުށީގައިހިންގުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްގައި ފުރަތަމަކަމަކަށްއޮތީ އެދުވަހުގެ ފަތިސްނަމާދު ޖަމާއަތުގައިކުރުމަށްފަހު ޚާއްސަދުޢާއެއްކުރުމެވެ.

ފަތިސްނަމާދުގެ ޖަމާއަތުގައިކުރުމާއެކު މިދުޢާގައި ހުރިހާ ޒުވާނުން ބައިވެރިވުން އެދި ރަށުކައުންސިލްގެ ފަރާތުން އަޑުގަދަކުރާއިން އާއްމު އިއުލާނެއްވެސް ކުރިއެވެ.

އެހެންނަމަވެސް ޒުވާންކައުންސިލަރުންތަކެއް ހިމެނޭ އޭދަފުށީކައުންސިލްގެ އެއްވެސް މެންބަރަކު ފަތިސްނަމާދުގެ ޖަމާއަތަށްގޮސް މި ދުއާގައި ބައިވެރި ނުވުމަކީ ކައުންސިލަރުނގެ ފަރާތުން ފެނުނު ވަރަށް ހުތުރު އަމަލެކެވެ. ކައުންސިލަރުން ލަދުގަންނަންޖެހޭ ދަށުދަރަޖައިގެ އަމަލެކެވެ. ޒުވާނުންނަށް މަގުދައްކައިދިނުމުގެ މަސްއ\ޫލިއްޔަތާ ހަވާލުވެގެންތިބި ކައުންސިލަރުންގެ ޒިންމާދާރުކަމެއްނެތް މި އަމަލުން ޒުވާނުންނަށް މަގުއޮޅުވާލުމުގެ މަސައްކަތަކުރާކަމުގެ ތުހުމަތު ކިތަންމެ ރަނގަޅަކަށްވެސް ކުރެވިދާނެއެވެ. ވަރަށްބާރަށް އަމުރުކޮށްފައި އެއަމުރަށް އެންމެ ފުރަތަމަ ކިޔަމަންވާންޖެހޭމީހުން ކިޔަމަންނުވެ އެހެންމީހުން އެއަމުރަށް ބޯލަންބުވަން މަސައްކަތް ކުރުވުމަކީ މޮޔަކަމުގެވެސް އިންތިހާއެވެ.އެކަން އެގޮތަކަށް ނުހިނގާނެއެވެ.

ކައުންސިލަރުން ޒިންމާދާރުބަޔަކަށް ވާންވެއްޖެއެވެ. ތިޔައީ ރައްޔިތުންނަށާއި ޚާއްސަކޮށް ޒުވާނުންނަށް ނަމޫނާދައްކަން ހަވާލުކުރެވިއެކަމަށް އަހަރެމެެންގެ ޖީބުން މުސާރަދީދައި ތިބޭ ބައެކެވެ. އެކަން ހަނދާންކުރައްވާށެެވެ. މިފަދަ އަމަލުތަކާހުރެ ހަލާކުވަމުންދާ މި މުޖްތަމައު ރަނގަޅުކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ނިކަން ޒިންމާދާރުކަމާއެކު ބައިވެރިވެލައްވާށެވެ. މިއީ އަޅުގަނޑުގެ ގޮވާލުމެއްނޫނެވެ. މުޅިމުޖްތަމައުގެ ގޮވާލުމެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު