ބާޒާރުގައި ވިއްކަންހުންނަ މޭވާތަކުގައި ހަކުރުގިނަ : ދިރާސާ

10447512_1504038246478743_8009837106715679457_n.jpg

މިހާރު ބާޒާރުގައި ވިއްކަންހުންނަ މޭވާތަކުގައި ހުންނަންވާ ވަރަށްވުރެ ފްރެކްޓޯޒް (ހަކުރު) ގިނަކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސައިންސް ޔުނިވަރސިޓީން ބުނާގޮތުގައި މިހާރު ބާޒާރުގައިހުންނަ މޭވާއިން ލިބެންވާވަރުގެ ފައިދާއެއް ނުލިބޭނެއެވެ. އެއީ އެމޭވާތަކުގައި މާބޮޑަށް ފްރެކްޓޯޒް (ހަކުރު) އެކުލެވިގެންވާތީއެވެ.

އެޔުނިވަރސިޓީއިން ދުނިޔޭގެ އެތަންމިތަނުން މޭވާގެނެސްގެންހެދި އިލްމީ ދިރާސާތަކަށްފަހު ނެރުނުބަޔާނެއްގައި ބުނެފައިވަނީ ފްރެކްޓޯޒަކީ ހަށިގަނޑަށްގެއްލުންހުރި މާއްދާއެއްކަމުގައާއި ބާޒާރުގައި ހުންނަ މޭވާގެ ބާވަތްތަކުގައި މިމާއްދާ ގިނަކަމުގައެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެބާވަތުގެ މޭވާއިން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނުލިބޭނެކަމަށާއި ހަގީގީ މޭވާގައި ފޮނިރަހަމަޑުވެފައި ކުޑަކޮށް ހިތިރަހައެއްވެސް ހުންނާނެކަމުގައެވެ.
ފްރެކްޓޯޒް މަދުކުރެވޭނެގޮތްތައްބަލައިގެން މޭވާ ހެއްދުމަށް އެދެމުން އެގޮތަށް ހައްދާމޭވާއިން ހަށިގަނޑަށް ފައިދާކުރާނެކަމަށްވެސް މި ބަޔާނުގައި ވެއެވެ.ހަމައެއާއެކު ތަރުކާރީގެ ބާވަތްތަކުގައިވެސް އެތަކެތި ހެއްދުމަށް ބޭނުންކުރާ ގަސްކާނައިގެ ސަބަބުން އޭގެ އަސްލު ރަހައާއި ފައިދާއިން ބޮޑުބައެއް ގެއްލޭކަމަށްވެސް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top