ގޮއިދޫ ބަލިކޮށް ފެހެންދޫ ތަށިއުފުލާލައިފި

fehendhoo-champ.jpg

ފެހެންދޫ ޓީމް ތައްޓާއެކު .ފޮޓޯ : އީޓީ

ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގެ ފައިނަލްގައި މިއަދު ގޮއިދޫއާ ފެހެންދޫ ބައްދަލުކުރިމެޗް ދެޓީމް 1-1ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-5 ން ފެހެންދޫ މޮޅުވެ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަން ތަށި ފެހެންދޫ އުފުލާލައިފިއެވެ.

މެޗްގެ ފުރަތަމަ ހާފުގައި ފެހެންދޫވަނީ މޮޅުކުޅުމެއްކުޅެ ގޮއިދޫގެ ކުޅުންތެރިންނަށް ޕްރެޝަރ ބޮޑުކޮށްފައެވެ. އެޓީމު މެޗްގެ 31ވަނަ މިނިޓްގައި ޖެހި ލަނޑާއެކު ގޮއިދޫ ޓީމްގެ ކުޅުމަށްވެސް ބަދަލުތަކެއް އައިތަން ފާހަގަވެގެން ދިޔައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް އެއްވެސް ބަޔަކަށް ނުދެވިއެވެ.

ދެވަނަހާފު ފެށުމާއެކު ފެހެންދޫއަށްވުރެ ގޮއިދޫގެ ކުޅުން މޮޅުކަން ފާހަގަ ކުރެވުނެވެ. އަދި 71ވަނަ މިނިޓްގައި ގޮއިދޫ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.މެޗު ނިމުނީ 1-1ން ދެޓީމު އެއްވަރުވެގެންނެވެ.
މެޗު އެއްވަރުވުމުން ޕެނަލްޓީ ގައި ގޮއިދޫއާ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ 5ޕެނަލްޓީ އިން އެއްޕެނަލްޓީ ވައްދާނުލެވިގެންނެވެ. ފެހެންދޫވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކޮށްފައެވެ.

މިއަދުގެ މެޗްގައި ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަންއައިސް ސަޕޯޓްކުރަމުން ދިޔަތަން ފެނުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top