އޭދަފުށީގެ މަގުތައް ހަދަން އަނެއްކާވެސް އިއުލާނުކޮށްފި

DSCN4562-800x600-800x600-1.jpg

އޭދަފުށީގެ މަގެއްގައި ތާރު އެޅުމަށް ތައްޔާރު ކުރަނީ -އީވީ ފައިލް ފޮޓޯ

ރައީސް ޔާމީންގެ ސަރުކާރުގައި ހަދަންފަށައި އެސަރުކާރު ނިމުމާއެކު މަސައްކަތް ހުއްޓާލާފައިވާ އޭދަފުށީގެ މަގުތައް އަލުން ހަދާނޭ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް މިފަހަރު އޭދަފުއްޓާއެކު އިތުރު ހަތް ރަށެއްގެ މަގުތައް ހަދަން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ބީލަމަށް ހުޅުވާލާފައި ވަނީ މިރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށެވެ.

މަގުތައް ހެދުމަށް ކޮށްފައިވާ ބީލަމުގައި ވާގޮތުން މަގުތައް ހެދުމަށް މަޝްރޫޢުގެ ބިޑް ސެކިއުރިޓީ އަދަދަކީ 150،000  ދިވެހި ރުފިޔާއެވެ.

ބީލަން ގައި ބައިވެރިވުމަށް ފައިސާ ބަލައިގަތުން ހަަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މާޗު މަހު 12 އަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މާޗު 19 ވަނަ ދުވަހު މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އެންޑް ޕްރޮޖެކްޓް މޮނީޓަރިންގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަލް ކޮމްޕެޓެޓިވް ބިޑިން (އައިސީބީ)ގެ އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އޭދަފުށީގެ 19 މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރައީސް ޔާމީން ސަރުކާރު ނިމުމާއެކު ވަނީ ހުއްޓާލާފައެވެ. އޭރު ވަނީ  ޕޭމަންޓް ހަދައި ބައެއް މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅާ ކޮންކްރީޓް ލޭޔަރުވެސް އަޅާފައެވެ. ތާރު އަޅަން ފެށުމުގެ ތައްޔާރީ ތަކާއެކު ތާރާއި އެމަސައްކަތަށް ބޭނުންވާ ވެހިކަލްތައް ވެސް އޭދަފުއްޓަށް ގެނައެވެ. ނަމަވެސް އެ ހުރިހާ ވެހިކަލްތައްވެސް މިހާރު ވަނީ ގެންގޮސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top