ވޯލްޑް ކްލީންއަޕް ޑޭގެ ހަރަކާތްތައް ރާއްޖޭގައި މި އަހަރު ބ. ކަމަދޫގައި ބާއްވަން ނިންމައިފިއެވެ.
އެ ހަރަކާތް ރާއްޖޭގައި އިންތިޒާމު ކޮށްގެން ކުރިއަށްގެންދަނީ “ލެޓްސް ޑޫ އިޓް މޯލްޑިވްސް” އިންނެވެ.
“ލެޓްސް ޑޫ އިޓް މޯލްޑިވްސް” އިން ބުނީ މި އަހަރުގެ މި ހަރަކާތް ކުރިއަށް ގެންދާނީ މި މަހު 20 ގައި ކަމަށެވެ.
ވޯލްޑް ކްލީއަންއަޕް ޑޭގައި މިދިޔަ އަހަރުވެސް ރާއްޖެއިން ބައިވެރިވިއެވެ. އެ ހަރަކާތް ރަސްމީކޮށް ކުރިއަށް ގެންގޮސްފައިވަނީ 20،000 އަށްވުރެ ގިނަ މީހުންނާއެކު ކ. ދިއްފުށީގައެވެ.
“ލެޓްސް ޑޫ އިޓް މޯލްޑިވްސް” އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ވޯލްޑް ކްލީންއަޕް ޑޭގައި ދުނިޔޭގެ އެތައް ގައުމަކުން އެތައް ހާސް ބަޔަކު ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.






