ކެންދޫ ފިރިހެނަކު މާލެއިން ގެއްލިގެން ހޯދަނީ

large_1757075606277V1J.jpeg

ބ. ކެންދޫ ފިރިހެނަކު މާލެއިން ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަނީ އުމުރުން 33 އަހަރުގެ، ބ. ކެންދޫ، މަންޒިލް، ޝަހުމުالله ސާޖިދު ކަމަށެވެ.

ޝަހުމުﷲ މި ވަގުތު ދިރިއުޅެނީ މާލޭގައި ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. އޭނާގެ ޚަބަރެއް ނުވެގެން، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށް، ފުލުހުން ބުންޏެވެ.

އެހެންކަމުން ޝަހުމުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް، ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރާއިރު، އާންމުގޮތެއްގައި އެ މީހުން ހޯދަން އިއުލާނުކުރާ ހިސާބުން ފެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top