ހިތާދޫ އަންހެނަކު ފާހާނާ ތެރެއަށް ވިހައިފި

hithaadhoo-shared-photo-america-1755217079-1.jpg

ކައިވެނީގެ ބޭރުން ބަލިވެ އިން ހިތާދޫ އަންހެނަކު އެރަށު ގެއެއްގެ ފާޚާނާ ތެރޭގައި މިއަދު ހެނދުނު ވިހައިފި ކަމަށް ހިތާދޫ އޮންލައިން އިން ބުނެފިއެވެ.

އެ ނޫހުން މިމައުލޫމާތު ދެމުން ބުނެފައިވަނީ އުމުރުން 30 އަހަރުގެ މި އަންހެން މީހާ އަކީ މީގެ ކުރިންވެސް ކައިވެނީގެ ބޭރުން ބަލިވެ އިނދެ ވިހާފައިވާ މީހެއް ކަމުގައެވެ.

“ހިތާދޫ އޮންލައިން އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނަ ބަނޑު ބޮޑުކަން އެގޭ މީހުންނަށްވެސް ނޭނގޭ ކަމަށާއި މިއަދު ހެނދުނު އެގޭ މީހެއްގެ ކައިރީގައި ބަނޑަށް ތަދުވާ ކަމަށް ބުނެ ގެއަށް ދިޔަފަހުން ބާރަށް ހަޅޭލަވާ އަޑު އިވުމުން ގޮސް ބެލި އިރު ފާހާނާ ތެރޭގައި ވިހާފައިވާ ކަމަށެވެ.” ހިތާދޫ އޮންލައިންގައި ލިޔެފައިވެއެވެ.

މިމައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށާއި ދަރިފުޅާއި މައިމީހާގެ ހާލުވެސް ރަނގަޅުކަމަށް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top