ކްލަބް އޭދަފުށި ،ފުރަތަމަ މެޗުން ބަލިވެއްޖެ

IMG-51b5c295fde1ffa1f5f54f984a1a1d9e-V.jpg

ކްލަބް އޭދަފުށި ވޮލީ ޓީމް

ބ. މާޅޮސް ، މާރެސް ވޮލީ މުބާރާތުގައި މިއަދު ހަވީރު ކްލަބް އޭދަފުށި، މާޅޮހު އަންހެން ޓީމާ ވާދަ ކޮށްގެން  3ސެޓް 1ސެޓުން ކްލަބް އޭދަފުށި ބަލިވެއްޖެއެވެ.

މެޗްގެ ފުރަތަމަސެޓް ފަސޭހަކަމާއެކު އޭދަފުށި ކާމިޔާބު ކުރި ނަމަވެސް ފަހު ދެސެޓް މާޅޮސް ކާމިޔާބު ކުރީ މޮޅަށް ކުޅެގެންނެވެ.

މިއަދުގެ މެޗާބެހޭ ގޮތުން އޭދަފުށީ ޓީމްގެ މެނޭޖަރ މުހައްމަދު ރަޝީދު ބުނީ މިއީ މި ޓީމްގެ ފުރަތަމަ މެޗުކަމަށް ވެފައި އަދި ޓީމް ބައިވެރިވާ ފުރަތަމަ މުބާރާތް ކަމަށް ވާތީ ކުދިކުދި މިސްޓޭކް ހެދުނު ނަމަވެސް ދެން އަންނަ މެޗުގައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.

މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ގޮއިދޫއާއި މާޅޮހެވެ. އޭދަފުށީގެ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. ވާދަ ކުރާނީ ދަރަވަންދޫއާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top