ބ. ކުޑަރިކިލާއި މާޅޮހުގައި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
މި ދެރަށުގައި މިސްކިތް އެޅުމުގެ އިތުރުން ދެ ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތް ކުރުމަށާއި، އެއް ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއެކު ޖުމްލަ 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވެސްވަނީ ސޮއިކޮށްފައެވެ.
މިގޮތުން ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އާއެވެ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ހަވާލު ކުރީ، މިއިން ކޮންމެ މިސްކިތެއް އެޅުމަށް ވެސް ދީފައިވާ މުއްދަތަކީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވިގެންދާނެ ކަމަށެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، އަދި ރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މިކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތު ޝަހީމް ފާހަގަކުރެއްވި އެވެ.