ބ.އަތޮޅު ކޮވިޑް ސެންޓަރުގެ އައިސީޔޫގައި 6 މީހުން.

DSCN9334-1-800x504-800x504.jpg

.ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހުންނަ ބ. ރީޖަނަލް ކޮވިޑް ސެންޓަރުގެ އައިސީޔޫގައި މިވަގުތު 6 މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އީވީ އަށް މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ ރޭ މެންދަމު 2:40 ގައި އިތުރު 5 މީހުން ގެނެސް މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 6 ކަމަށެވެ.

“ރޭ އަލަށް ގެނައި 5 މީހުންނަކީ ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީން. ހައިރިސްކް ބައެއް ވީމާ ގެނައީ. އޭގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހެއް. އޭނާ ފިޔަވައި އެންމެންގެ ހާލުވެސް ރަނގަޅު.” މެނޭޖަރު ރަޝީދު ވިދާޅުވިއެވެ.

އޭދަފުށީގައި ގާއިމް ކޮށްފައި ހުންނަ ބ.ރީޖަނަލް ކޮވިޑް ސެންޓަރަކީ ބ.އަތޮޅުގެ އިތުރުން ނ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ޚާއްސަކޮށް ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top