ބޭއަދަބީ ބަސް ބޭނުން ކުރުމުގެ މައްސަލައެއްގައި އަދުރޭގެ މައްޗަށް ދައުވާކޮށްފި

Adhurey-PPM-850x548.jpg

ހަޑިހުތުރު އެއްޗެހި ކިޔުމާއި ބޭއަދަބީ ބަސް ބޭނުން ކުރުމުގެ މައްސަލައެއްގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ހިންގުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަން ހުށަހެޅީ މިއަދުއެވެ.

ބައެއް މީޑިއާ އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޖީ އޮފީހުން އެ މައްސަލަގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ތުހުމަތުކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ އާ ދެކޮޅަށް ކުރި ދައުވާއަށް ރައްދު ދެއްވަމުން، އޭނާ ވިދާޅުވީ ކޮންމެ ދައުވާއެއް ކުރިއަސް ކެރިގެން ކުރިމަތިލައްވަނެ ކަމަށެވެ.

އިދިކޮޅުން މިކަން ސިފަކުރަނީ އެ ޕާޓީގެ ބޭފުޅުންނަށް އިންޒާރު ދިނުމުގެ ގޮތުން އަދި ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ. ހަމަ އެހެންްމެ މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށްވެސް ބުނެއެވެ.

އަދުރޭގެ މައްޗަށް މިފަދަ ދައުވާއެއް ޕީޖީއިން ކޮށްފައިވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top