ކޮވިޑް-19 : އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް.

b_8EHJx1sRsYangXjdwaDvpXOZ1.jpeg

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ---ފޮޓޯ/ ޔޫއާރުއެޗް

ރ. އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ. \

އުނގޫފާރަކީ މި ރީޖަން ގެ ރަށްރަށުން ބޭސް ފަރުވާއަށް ވަރަށް ގިނައިން ގޮސްއުޅޭ ރަށެކެވެ. އެގޮތުން އޭދަފުށިންވެސް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ހަފްތާއަކުވެސް އުނގޫފާރުގައި ހުންނަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭސް ފަރުވާއަށް ގޮސް އުޅެއެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނުދެވޭތީ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.

އުނގޫފާރު ކައުންސިލުން ވަނީ މިއަދު އެރަށުގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ކައުންސިލުން ބުނީ ޕޮޒިޓިވް ވެފައިވަނީ އެރަށު މީހެއް ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ލިބިފައިނުވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ހަމައެކަނި ބުނެފައިވަނީ އުނގޫފާރުން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ އެރަށް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ރ. އުނގޫފާރުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅުގައި ރިސޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ދާ ކުޑަކުރަތުން 63 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top