ދިގުރަށުން ގޯތިދިނުން ލަސްވާތީ ޒުވާނުން ނުކުމެ ކައުންސިލް އިދާރާ ބަންދު ކޮށްފި

23.jpg

ރަށުން ގޯތި ދިނުން ލަސްވަމުން ދާތީ އދ. ދިގުރަށުގެ ޒުވާނުން ނުކުމެ އެ ރަށުގެ ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.

ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެމުން ދިގުރަށު ކައުންސިލް މެންބަރު އަބްދުﷲ އަލީ ވިދާޅުވީ، ޒުވާނުން ރުޅި ގަދަވީ އެ ރަށުން ގޯތި ދިނުން ލަސްވާތީއެވެ. އަދި އެ އިދާރާ ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައިގެން މުޒާހަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންވެ މިއަދު މެންދުރު 12 އިން ފެށިގެން ކައުންސިލް އިދާރާ ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ދިނުން ލަސްވެގެން އުޅެނީ އެކަމާ ގުޅޭ ގޮތުން ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ ކަމަށް ވެސް އަލީ ފާހަގަ ކުރެއްވި އެވެ.

ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިގުރަށުން 77 ގޯތި ދޫކުރުމަށް މިދިޔަ އަހަރު އިއުލާނު ކުރިއެވެ.

ގޯތި ދޫކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފައިވާތީ އެކަމާ ގުޅިގެން ވިޔަފާރީގެ ބޭނުމަށްވެސް ގޯތި ދޫކުރުން މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި އޭގެ ގެއްލުން ގިނަ ބަޔަކަށް ކުރަމުންދާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް އަލީ ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޒުވާނުން މަގުމަތިވެފައިވާ ކަމަށާއި ގޯތި ދޫކުރަން އަވަސްކުރުމަށް ގޮވާލަމުންނެވެ. އަދި އެލްޖީއޭއާއި ސަރުކާރު ނިދިން ހޭލުމަށްވެސް ވަނީ ގޮވާލައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top