”ދިގުފަރު އައިޑޮލް“ ގްރޭންޑް ފިނާލޭގައި އިންޑިއާގެ ދެ ލަވަކިއުންތެރިން.

576607bd-4810-40dd-b4bd-2a78f33244d8.jpeg

ބ.އަތޮޅުގައި ހިންގާ ބޮޑުފަރު ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ބާއްވާ “ދިގުފަރު އައިޑޮލް” ސީޒަން ދޭއްގެ ފިނާލޭ ފޯރިގަދަކޮށްލުމުގެ ގޮތުން ހާއްސަ މެހްމާނެއްގެ ގޮތުންނާއި ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ދެ ލަވަކިއުންތެރިން އަންނާނެ ކަމަށް އެރިސޯޓުން ބުނެފި އެވެ.

އިންޑިއާގެ ކުރިއަރަމުން އަންނަ ދެ ލަވަކިޔުންތެރިން ކަމަށްވާ ސަޗެޓް ޓެންޑަން އާއި ޕަރަމްޕަރާ ޓެންޑަން އަކީ މިހާރު ލަވަކިޔުމާއި، ލަވަ ލިޔުމާއި މިއުޒިކް އުފެއްދުމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ދެމަފިރިންނެވެ.

މަޝްހޫރު ހިންދީ ފިލްމްތަކަށްވެސް ލަވަ ކިޔައިދީފައިވާ މި ދެމީހުން ކައިވެނިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ދިގުފަރު މުވައްޒަފުންގެ މެދުގައި ވަރަށް ވާދަވެރިކަމާއެކު ބާއްވާ ދިގުފަރު އައިޑޮލްގެ ސީޒަން 1 ނިމިފައިވާ އިރު އެ ސީޒަންގައި 40 މުވައްޒަފުން ބައިވެރިވިިއެވެ. އެފަހަރުގެ އައިޑޮލް ކާމިޔާބުކޮށް އެއްވަނަ ހޯދި ލަވަކިއުންތެރިޔާ އަށް 15000ރުފިޔާގެ އަގުހުރި ސަޕްރައިޒް އިނާމްތަކެއް ލިބިފައިވެއެވެ. ދެވަނަ ހޯދި މުވައްޒަފަށް ހޯމް ތިއޭޓަރު ސިސްޓަމެއް ލިބިފައިވާއިރު ތިން ވަނަ މުވައްޒަފަށް 42 އިންޗީގެ ސްމާޓް ޓީވީއެއް ލިބިފައިވެއެވެ.

އަންނަ ޖުލައި 10 ވަނަ ދުވަހު ފަށަން ނިންމާފައިވާ ދިގުފަރު އައިޑޮލްގެ ގްރޭންޑް ފިނޭލާ އޮތީ ޖުލައި 13 ވަނަ ދުވަހުއެވެ.

މި ޝޯގެ ޖަޖިންގ ޕެނަލްގައި ހިމެނޭނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޒާރާ އާއި އަހްމަދު އިޝާން (އަޝާންޓެ)ގެ އިތުރުން އައްޔަބެއެވެ.

މިއީ އައިޑޮލް ބަލާލަން ދިއުމާއި، ޗުއްޓީ އަށް އެ ރިސޯޓުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ދިގުފަރު ރިސޯޓުން ވަނީ ސްކޫލް ބަންދާއި އީދު ޗުއްޓީއާ ދިމާކޮަށް ހާއްސަ އޮފާރ އެއް ތައާރަފްކޮށްފައެވެ.

މި އޮފާރގައި ވާގޮތުން ރެއަކަށް 199 ޑޮލަރު ހޭދަކޮށްގެން، ފުލް ބޯޑް މީލް ޕްލޭންގައި ބީޗް ވިލާ ކޮޓަރިއެއްގައި ދެ މީހަކަށް ތިބެވޭއިރު، 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top