ދަރަވަންދުއާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ސާވޭ ނިންމާލައިފި

b_JUK7WqTxgKokjk94XDIfmrVjA.jpg

ބ. ދަރަވަންދޫއާއި ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މެރިން ސާވޭގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މެރިން ސާވޭގައި ތެރޭގައި ހިމެނެނީ މަހުގެ ސެންސަސް އާއި ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަންގެ ކޮލިޓޭޓިވް އެނޭލިސިސް އާއި މެރިން ވޯޓާ ސާމްޕްލިންކަމަށާއި ޓެރެސްޓްރިއަލް ސާވޭ ތެރޭގައި ހިމެނެނީ ސްޓޭކްހޯލްޑަރުންނާ ކޮންސަލްޓްކުރުމާއި ވެޖިޓޭޝަން ޓްރާންސެކްސްޓް އާއި ބީޗް ޕްރޮފައިލް ކުރުމާއި ޝޯލައިން އެނެލައިޒް ކުރުން ކަމަށެވެ.

ދަރަވަންދޫ އާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މިި ޕްރޮޖެކްޓުގެ ތެރެއިން ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ ހަތް ބްރޭކްވޯޓާ ހަދާ، 96 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ އަގަކީ 22 މިލިއަން ރުފިޔާއެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި ލުމާއި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 99.39 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top