ބިގްބޮސް15 ކާމިޔާބު ކުރީ ތެޖަސްވީ

tejasswi-prakash-winner-bigg-boss-15.jpg

ކަލާސް ޓީވީން ދައްކަމުންއައި ބިގްބޮސް 15 ޝޯ ، އުމުރުން 28 އަހަރުގެ ތެޖަސްވީ ޕްރަކާޝް ކާމިޔާބު ކޮށްފިއެވެ.

ރޭ ބޭއްވި ބިގްބޮސްގެ ގްރޭންޑް ފިނާލޭގައި ހަތަރު މަހަށް ދިގުދެމިގެން ދިޔަ މި ޝޯ ކާމިޔާބު ކުރުމުން އުމުރުން 28 އަހަރުގެ ތެޖާސްވީއަށް ރޭ ވަނީ 40ލައްކަ ރުޕީސް އާއި ޓްރޮފީގެ ގޮތުގައި ދޭ ރަން ފިޔަގަނޑު ވެސް ލިބިފައެވެ. މީގެ އިތުރުން ކަލާސް ޓީވީގެ މަގުބޫލު ޓީވީ ސިލްސިލާ ”ނާގިން’ގެ ހަ ވަނަ ސީޒަންގެ ލީޑު ރޯލުވެސް ތެޖާސްވީއަށް ލިބިފައިވާކަން ރޭ އިއުލާނު ކޮށްފައިވެއެވެ.

މި ޝޯ ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކަށް ހީކުރެވުނު ޝަމީތާ ވަނީ ގަދަ 3 ގައިވެސް ލައްވާނުލައި ކަޓާފައެވެ. ޕްރަތީކް ސެހަޖްޕާލް ރަނަރަޕަށް ހޮވިފައިވާއިރު މި ޝޯގެ ތެރެއިން ލޯބީގެ ގޮތުން ގުޅުނު ތެޖާސްވީގެ ބައިވެރިޔާ ކަރަން ކުންދުރާ އައީ 3ވަނަ އަށެވެ. 10 ލައްކަ ރުޕީސް ހިފައިގެން ޝޯ އިން ނިކުންނަން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ނިޝާންތު ބަޓްވަނީ ޝޯއިން ނުކުމެފަ އެވެ.

ގްރޭންޑް ފިނާލޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން އާއި އަނާންޔާ ޕާންޑޭ އަދި ސިދާތު ޗަޓުރްވެދީ ވަނީ މިތަރިން ބައިވެރިވާ ފިލްމު ”ގެހެރާއިޔާ” ޕްރޮމޯޓުކުރުމުގެ ގޮތުން ބައިވެރިވެފައެވެ.

ފިނާލޭގައި ކުރީ އަހަރުތަކުގެ ބިގްބޮސް ޝޯގެ ބައިވެރީންގެ ތެރެއިން ގޯހަރް ހާން، އުރްވަޝީ ޑޮލާކިޔާ، ގޯތަމް ގުލާޓީ، ރުބީނާ ދިލަކް އަދި ޝްވެތާ ތިވާރީވެސް ވަނީ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައެވެ.

ގްރޭންޑް ފިނާލޭގައި އެންމެ ބޮޑަށް އަސަރުކުރުވި މަންޒަރަކަށް ފެނިގެން ދިޔައީ ބިގްބޮސް 13 އިން މަޝްހޫރު ކަން ހޯދި ޝެހެނާޒް ގިލް (ސަނާ) އޭނާގެ މަރުވެފައިވާ ލޯބިވެރިޔާ ސިދާތު ޝުކްލާގެ ހަނދާން އާކުރަމުން ދިން ޓްރިބިއުޓް ޕާފޯމަންސެވެ. ސިދާތުގެ މަރަށްފަހު ސްޓޭޖުން ފުރަތަމަ ފަހަރަށް ސަލްމާން ހާން އާއި ޝެހެނާޒް ބައްދަލުވުމުން ދެމީހުންގެ ލޮލުންވެސް ވަނީ ކަރުނަ ހިލިގެން ގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top