ތުޅާދޫ އެއާޕޯޓު ހަދާނެ ފައިސާ ހޯދަން އިތުރު ކުންފުންޏަކާ ވެސް ހަވާލުކޮށްފި

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ބ.ތުޅާދޫ އެއާޕޯޓު ވެސް ހިމެނޭ ގޮތަށް، ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ފަހަރު ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.

ބ.ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހެދި އެވެ.

އެކަމަކު އެ ދެ ކުންފުނިން ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން  ނުބުނެ އެވެ.

ބިޒްނަސް ޕޯޓަލް ގައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވިޔަފާރިއެއް ކުރުމުގެ އެއްވެސް ހުއްދައެއް އެކުންފުނިން އަދި ހޯދައިފައެއް ނެތެވެ. އަދި އެއީ ކޮން ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން ދެކުނު ދުނި އިންވެސްޓްމެންޓް ގެ ހިއްސާދާރުންނަކީ މުހައްމަދު ނަޒީރު، ސަބީރު އަހުމަދު، ހުސައިން ހިލްމީ، ހަސަން ޒަރީރު، ނުޒުހާ އަބްދުލް ބާރީ އަދި ގިޔާސް އަބްދުލް ބާރީ އެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.

ތުޅާދޫގެ އިތުރުން ހދ. މަކުނުދޫ އާއި ށ. ބިލަތްފައްސާއި ތ. ވިލުފުށި އަދި ފ. މަގޫދޫ އާއި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން އިއުލާނު ކުރި ފަހުން ދެ އަހަރެއްހާ ދުވަސް ވީ އެވެ.

އެއާޕޯޓްތަކުގެ މަސައްކަތް ނުފެށި ދިގު ލައިގެންދާތީ އެކަމާއި ސަރުކާރަށް ސުވާލުތައް އަމާޒު ކުރެވެއެވެ. ޖުލައި 1، 2022 ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މި ދައުރުގައި ހަ އެއާޕޯޓްގެ މަސައްކަތްވެސް ނިންމޭނެ ކަަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top