އިބްރާހީމް ހުސެންފުޅުގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

175996_a5d76751-b_.jpg

ބ.ތުޅާދޫ، މަންޒިލް އިބްރާހީމް ހުސެންފުޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެއާއިލާއަށް ތައުޒިޔާގެ ސިޓީއެއް ފޮނުއްވައިފިއެވެ.

އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި ، އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އިބްރާހީމް ޙުސައިންފުޅު އަވަހާރަވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ޚަދީޖާ އިބްރާހީމަށާއި، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top