އަތޮޅުތެރޭގައިބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގައި

DSC5962.jpg

މަހާސިންތާއާ ބެހޭ މައުލޫމާތު ދެއްވަނީ. ފޮޓޯ : ވަގުތު

ރައީސްޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ ގޮތުން އަތޮޅު ތެރޭގައިބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިކަމުގައި ރައީސްޔާމީން 2018 ކެމްޕެއިން އޮފީހުން ބުނެފިއެވެ.

މިކަމުގެ މައުލޫމާތު ދިނުމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މަހާސިންތާގެ ކޯޑިނޭޓަރ އިބްރާހީމް މުއާޒު ވިދާޅުވީ މި މަހުގެ 5ން 8އަށް ބ. އަތޮޅުގައި ބާއްވާ މަހާސިންތާގައި ބ. އަތޮޅުގެ 13ރަށުންވެސް ބައިވެރިވާކަމަށާއި މި މަހާސިންތާ ބޭއްވިގެންދާނީ މާލޭގައި ބޭއްވި މަހާސިންތާއާ ތަފާތު ގޮތަކަށް މުޅި އަތޮޅު 4 ބަޔަށް ބަހާލައިގެން ކަމުގައެވެ.

“ކެންދޫ އާއި ކުޑަރިކިލާ ކަމަދޫ، ކިހާދޫ އަދި ދަރަވަންދޫ އަޅުގަނޑުމެން އެއް ގްރޫޕަކަށް ބަހާލައިފަ، ހަމައެގޮތަށް ހިތާދޫ އޭދަފުށި، މާޅޮަސް އަދި ދޮންފަނު އަޅުގަނޑުމެން އެހެން ގްރޫޕަކަށް ބަހާލައިފަ، އަދި ގޮއިދޫ އާއި ފެހެންދޫ އާއި ފުޅަދޫ އާއި ތުޅާދޫ އަޅުގަނޑުމެން އެހެން ގްރޫޕަކަށް ބަހައިލީމަ އަޅުގަނޑުމެންނަށް މި 13 ރަށް ކަވަރު ކުރެވުނީ” މުއާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ މީގެ ކުރިން ބޭއްވުނު މަހާސިންތާ ތަކާއި އަޅާ ބަލާއިރު މިފަހަރުގެ މަހާސިންތާ ތަކުގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ލެކްޗަރު ހޯލެއްގައި ކިޔަވައިދޭ ތަކެތި އަމަލީ މައިދާނުގައި ބޭނުންކުރަން ދަސްކުރުން ކަމުގައެވެ.

ޕީޕީއެމްގެ އެކްޓިވިންސްޓުންނަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވާއިރު، މަހާސިންތާގެ ތެރެއިން ޑޯޓުޑޯ ކެމްޕެއިނިންގ އާއި ޕާރޓީއަށް މީހުން އިތުރުކުރުމުގެ ކަންތައް އަމަލީ ގޮތުން ބައިވެރިން ކުރާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

މިފަހަރުގެ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތި ކުރިއަށްދާނީ އޭދަފުށީގައި ކަމަށާއި އޭޕްރީލް އަށްވަނަ ދުވަހުގެރޭ އޭދަފުށީގައި ބާއްވާ ރަސްމިއްޔާތުގައި ބ އަތޮޅުގެ 13 ރަށުން މަހާސިންތާގައި ބައިވެރިވި ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް މުއާޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top