ލޭޓް އަހްމަދު ޝާހީން މެމޯރިއަލްފުޓްސަލް ޗެލެންޖްގެ ގުރުއަތުލައިފި. މުބާރާތް ފަށަނީ ސޮނޭވާއާއި އޭދަފުށީ ޕޮލިސް

12924380_1011717875569894_1386749365298416945_n.jpg

ލޭޓް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސްލްގުރުއަތުލުން ރޭ ސޮނޭވާފުށި ރިސޯޓްގައި ބާއްވައިފިއެވެ. ގުރުއަތުން ދިމާވިގޮތުން މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނޭވާފުއްޓައި އޭދަފުށީ ޕޮލިސްޓީމެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ސޮނޭވާފުށްޓާއެކު އޭދަފުށީ ޕޮލިސްއާއި ފެއިސް ޔުނައިޓެޑެވެ. ގްރޫޕްބީގައި ހިމެނެނީ އިރުމަތީ ލަވަރސް އާއި ރޯޔަލް އައިލެންޑްރިސޯޓްގެ އިތުރުން އަނަންތަރާ ރިސޯޓެވެ. ގްރޫޕްސީގައި ހިމެނެނީ އަމިއްލަފުށްޓައި ޔުނައއިޓެޑް ވީ އަދި ވެލިގަނޑު ރިސޯޓެވެ. ގްރޫޕް ޑީގައި ހިމެނެނީ މިމުބާރާތުގައި އަލަށް ބައިވެރިވި ޑީކޭ ޔުނައިޓެޑް، ކިހާދޫ މޯލްޑިވްސް އާއި ފޯސީޒަން ރިސޯޓެވެ.

ފުޓްބޯޅަދަނޑުގައި ހުއްޓާ ދުނިޔެ ދޫކުރި އޭދަފުށީގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ޝާހީންގެ ހަދާނުގައި ދަ ކްލަބް ބިގިނަރސް(ޓީބީ) އިން ، ބ. އަތޮޅުގައި ހިންގާ ރިސޯޓްތަކަށާއި އޭދަފުށީގެ ފުޓްބޯޅަ ޓީމްތަކަށް ދައުވަތު ދީގެން ބާއްވަމުން އަންނަ “ލޭޓް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖް” ގެ މިއަހަރުގެ މުބާރާތް ބޭއްވުމަށް އެކްލަބުން ނިންމާފައިވަނީ އެޕްރިލް 7 ން 17 އަށް އަށެވެ. މިއީ މިގޮތުން ބާއްވާ 3ވަނަ މުބާރާތެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމުގައި ޓީބީން ބުނީ އޭދަފުށީގެ ފުޓްސަލް ޓީމްތަކާއި މުބާރާތުގައި ބައިވެރިވާ އެހެނިހެން ޓީމްތަކާއެކު ރަނގަޅު ގުޅުމެއް އުފެއްދުމާއެކު އޭދަފުށީގައި ފުޓްސަލް ކުރި އަރުވައި މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންކަމުގައެވެ.

މަރްހޫމް ޝާހީން އަކީ އޭދަފުށީގައި އުފެދުނު ޒުވާން މޮޅު ފުޓްބޯޅަ ކުޅުން ތެރިއެކެވެ. އޭނާ ދުނިޔެ ދޫކޮށްފައިވަނީ 23 އޮކްޓޯބަރ2012ވަނަ ދުވަހު އޭދަފުށީ ރަސްމީ ދަނޑުގައި ފުޓްބޯޅަ މެޗަކަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް ކުރަނިކޮށް ހާޓްއެޓެކެއް ޖެހިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top