ހުޅުމާލޭގައި ރެޑްވޭވްގެ ޝޮޕިންގމޯލްއެއް ހުޅުވައިފި

12928173_10153660806342695_2656162150822013959_n.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެމެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން ހުޅުމާލޭގައި ރެޑްވޭވްސިޓީ ސްކެއަރ ގެ ނަމުގައި ޝޮޕިންގމޯލް އެއް ރޭ ހުޅުވައިފިއެވެ.

ހުޅުމާލޭގެ އެމް3 ބިލްޑިންގގެ 9000 އަކަފޫޓްގެ ފޮލޯ އޭރިޔާ ހިމެނޭ މި ޝިޕިންގމޯލް ހުޅުވައިދެއްވީ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެޑްވޭވް ކުންފުނިން ބުނީ ރެޑްވޭވްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވިގެން ދިއުމަކީ ގިނަރައްޔިތުންތަކެއް އެދިއެދި ތިބި ކަމެއްކަމުގައާއި ﷲގެ ރަހްމަތްފުޅުން އަޅުގަނޑުމެންގެ ޓީމަށް މިކަންތައް ހުޅުމާލޭގެ ރައްޔިތުންނަށް ވީ އެންމެ ފުރިހަމަކޮށް ކޮށްދެވިއްޖެ ކަމުގައެވެ.

އަދި ބުނީ ރެޑްވޭވްގެ މާލޭގެ ފިހާރަތަކެކޭވެސް އެއްއަގެއްގައި މިތަނުން ވެސް ހުރިހާ ތަކެއްޗެއް ލިބޭނެކަމުގައެވެ.

ރެޑްވޭވްގެ ފިހާރަތައް މަޝްހޫރު ވެފައިވަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެއިތުރުން ލަގްޒަރީ ދިރިއުޅުމަށްވެސް ބޭނުންވާ ގިނަ ތަކެތި އެއްތަނަކުން ފަސޭހަކަމާއެކު ހެޔޮ އަގުގައި ގަންނަން ލިބޭ ފިހާރަތަކެއްގެ ގޮތުގައެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ސުޕަމާކެޓަކާއި ކެފޭއެއް ހިންގުމަށް ރެޑްވޭވް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

ރެޑްވޭވް އަކީ މިމަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލި ހަމައެކަނި ކުންފުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top