ކުޑަރިކިލު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

viber-image-1.jpg

ދޮންދަނު އިންވިޓޭޝަން ކަޕްގައި މިއަދު ދަރަވަންދޫ ޓީމާ ވާދަކޮށް 3-2 އިން މިއަދުގެ މެޗް ކުޑަރިކިލު ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ދޮންފަނުގައި ކުޅުނު މެޗުގެ ކުރީކޮޅު ކުޑަރިކިލު ވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. އެއާއެކު ގިނަ އިރުތަކެއްނުވެ ދަރަވަންދޫ ގެ ނާޖިހު އަންވަރު ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ކުޑަރިކިލުގެ 2ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރިއެވެ.

ދެޓީމްގެ ސަޕޯޓަރުންގެ ފޯރިއާއެކު ދެވަނަ ހާފު ފެށިތަނާ ކުޑަރިކިލުން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ބަދަލު ކޮށްލާފައެވެ. އެއާއެކު ހިތްވަރު ގަދަ ދަރަވަންދޫ ކުޅުންތެރިން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށްފަހު ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ކުޑަރިކިލު ޓީމުގެ ހުސައިން ހަންނާނު އެވެ.

މި މުބާރާތުގައި މާދަމާކުޅޭ މެޗުުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ދޮންފަނާއި ކަމަދޫ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top