ގައުމީ ބެޑްމިންޓަން މުބާރާތުގެ ރަން ވަނަތަކެއް އޭދަފުށި ހޯދައިފި

47422268_2016849851737887_1663436062032134144_n.jpg

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ރަން ވަނަތަކެއް މުބާރާތުގައި ބައިވެރިވި ކްލަބް އޭދަފުށީ ކުޅުން ތެރިން ހޯދައިފިއެވެ.

އެގޮތުން ދެވަނަ ޑިވިޝަންގެ ދެ އިވެންޓަކުން އޭދަފުށީ ދެ ކުޅުންތެރިއަކު ވަނީ ރަން މެޑަލް ހޯދާފައެވެެ.

އޭދަފުއްޓަށް ރަން މެޑަލް ހޯދައިދިނީ ފިރިހެން ސިންގަލްސް އިވެންޓުން އަބްދުލް މަތީން އަހްމަދު އާއި ފިރިހެން ޑަބަލްސް އިވެންޓުން މަތީން އާއި ހުސައިން މުހައްމަދުގެ ޕެއާ އިންނެވެ.

ސިންގަލްސް ޗެމްޕިއަންކަން މަތީން ހޯދީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ހުސައިން މުހައްމަދު ބަލިކުރުމަށްފަހު އެވެ.

މި މުބާރާތުގެ އަތޮޅު ލީގުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ކުރީ ދެއަހަރަކު ހޯދި ހުސެން މުހައްމަދަށް ތިންވަނަ ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލުނީ ހޮޅުދޫގެ މުހައްމަދު ރަވީއާ ވާދަކޮށް ބަލިވުމުންނެވެ.

ބެޑްމިންޓަން މުބާރާތުގައި ޓީމު އިވެންޓުގެ އިތުރުން އޭދަފުށިން ވަނީ އަތޮޅު ލީގާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ރޭގެ ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ބައެއް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top