މޯލްޑިވިއަން އިން ކޮޗިންގެ ދެކޮޅު ޓިކެޓް 150 ޑޮލަރަށް

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ކޮޗިން އާދެމެދު އަންނަ މަހުން ފެށިގެން ސީދާ ދަތުރުތައް ފަށާއިރު، ދެކޮޅު ޓިކެޓުގެ އަގަކީ 150 ޑޮލަރު ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

އަންނަ މަހު 27ގައިކޮޗިން އާ މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު ހަފްތާއަކީ ތިން ފްލައިޓް ކޮޗިން އަށް އޮވެއެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ އިންޑިއާގެ ސިޓީ އެކެވެ.

މާލެ-ކޮޗިންގެ އިތުރުން މޯލްޑިވިއަން އިން ވަނީ ހަނިމާދު އާއި ކޮޗިން އާ ދޭތެރޭ ވެސް ދަތުރުތައް ހަމަ އެތާރީޚުގައި ފަށާނެކަން އިއުލާނުކޮށްފައެވެ. ހަނިމާދުއިން ކޮޗިން އަށް ދެކޮޅު ޓިކެޓު ވިއްކަނީ 199 ޑޮލަރަށެވެ.

އެ އެއާލައިނުން މައުލޫމާތުދިންގޮތުގައި، މާލެ-ކޮޗިން، ހަނިމާދޫ-ކޮޗިން އާއި ދެމެދު ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ.

މޯލްޑިވިއަން އިން ދަނީ ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް އަވަސް މުސްތަޤްބަލެއްގައި ދަތުރުފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިޔާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top