ގޮއިދޫ ސްކޫލުގައި ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް

img_md_202409261109411727330981.0885.png

ބ. ގޮއިދޫ ސްކޫލުގައި ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ބ.އަތޮޅުގައި މަސައްކަތްކުރާ ފުުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަން ތަކުގައި ބައިވެރިވެފައިވަނީ ގޮއިދޫ ސްކޫލުގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނެވެ.

މި ސެޝަންތަކުގައި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތާއި ސޯޝަލް މީޑީއާގައި އުޅޭއިރު ރައްކާތެރިވާން ޖެހޭ ކަންކަމާއި، ސްކްރީން ޓައިމް ލިމިޓް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ. އަދި ސައިބާ ބުލީންގެ ޝިކާރަ އަކަށް ވެއްޖެނަމަ އަމަލުކުރަންވީ ގޮތާއި ދަރިވަރުންގެ ސޯޝަލް މީޑީއާ އެކައުންޓުތައް ރައްކާތެރިކުރާނެ ގޮތްތައްވެސް ވަނީ ކިޔައިދީފަ އެވެ.

މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި، ސްކޭމް ކުރާ މީހުންގެ ކިބައިން ސަލާމަތްވާނެ ގޮތްތަކާއި އިންޓަނެޓުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ތަކެތި އެއްވެސް މީހަކަށް ޝެއާ ނުކުރުމަށާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާމެދު ހޭލުންތެރި ކުރުވުމުގެ އިތުރުން ރާއްޖޭގައި މިއަދު ވަބާއަކަށް ވެފައިވާ ޓެލެގްރާމް ޕޯނޮގްރެފިކްސް ޗެނަލްތައް ހިންގާ ފަރާތްތަކަށް އެފުރުސަތު ނުދިނުމަށް ނަސޭހަތްތެރި ވިއެވެ.

ހަމައެހެންމެ ދަރިން އިންޓަނެޓް މެދުވެރިކޮށް ކުރާ ކަންކަން ބަލައި ކުށެއް ހިނގާކަން ފާހަގަކުރެވިއްޖެނަމަ އެކަމަކުން ދުރުވާން އެކުދިންނަށް ނަސޭހަތްދީ އިންޓަނެޓް ބޭނުންކޮށްގެން ހިންގާ ނަހަމަ ގުޅުންތައް ބެލެނިވެރިން ދެނެގަނެ ފާރަވެރިވެވޭނެ ގޮތްތައް ބުނެދީފައިވެެއެވެ.

އޭގެ އިތުރުން ގޮއިދޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށާއި ޕާކިންގ އާއި އެހެނިހެން މައްސަލަތައް ހައްލު ނުވެއްޖެނަމަ ހިނގައިދާނެ ހާދިސާތައް ބުނެދީ އެފަދަ ހާދިސާތައް މެދުވެރިވުން ހުއްޓުވައި ރައްކާތެރި ތަނަކަށް ގޮއިދޫ ހެދުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި ފަރުދީ ޒިންމާ އިސްކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މި ސެޝަން ތަކުގައި 35 ދަރިވަރުންނާއި 35 ބެލެނިވެރިންގެ އިތުރުން 10 މުދައްރިސުން ހިމެނޭހެން ޖުމްލަ 80 މީހުން ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top