އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިން އައްޑުއަށް

461537118_122171083202174701_7429473497727293989_n.jpg

އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިންނާއި އޮފިޝަލުން

އައްޑޫގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން ރޭ އައްޑުއަށް ހިނގައްޖެ އެވެ.

މިއީ ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްގެން އައްޑޫ ޓްރައިޑީ ސްޕޯޓްސް އެކަޑަމީން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި މާލެ އާއި ރާއްޖެތެރޭގެ އެކި ރަށްރަށުގެ ބެޑްމިންޓަން އެކަޑަމީތަކުން ވެސް ވާދަކުރެ އެވެ.

އަންނަ އޮކްޓޯބަރު 3 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އޭދަފުށި އެކެޑަމީގެ 28 ކުޅުންތެރިން ހަތަރު ކެޓަގަރީގައި ވާދަކުރާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top