އިންޑިއާގެ އޮންލައިން ޕްލެޓްފޯމް ”ގްލޯބަލް ދުކާން“އިން ރުފިޔާ ބަލައިގަންނަން ފަށަނީ

448894_3_a542da06f0b8f45f1333a658019defb1dcc01974.webp

އިންޑިއާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ”ގްލޯބަލް ދުކާން“ އިން ދިވެހި ރުފިޔާ ބަލައިގަންނަން ފަށާކަން އިއުލާން ކޮށްފިއެވެ.

މި އިންތިޒާމާ އެކު ރާއްޖޭގެ ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާނުވެ އަދި ފައިސާ މާރުކުރުމުގެ އިތުރު ފީތަކަކާ ނުލައި ފަސޭހަކަމާ އެކު ވިޔަފާރިކުރެވޭނެ އެވެ. ގްލޯބަލް ދުކާންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އިންޑިއާގެ އެންމެ މަގުބޫލު މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒޯން، މިންތުރާ، ނައިކާ އަދި އައިކިއާ ފަދަ ބްރޭންޑްތަކުން ވިޔަފާރިކުރެވޭނެ އެވެ.

ގްލޯބަލް ދުކާންއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އަންނަ ހުކުރު ދުވަހުން ފަށައިގެން އެ ޕްލެޓްފޯމުން ދިވެހި ރުފިޔާ ބަލައިގަންނަން ފަށާނެ ކަމަށެވެ. އެއީ އިންޑިއާއިން ވިޔަފާރިކުރަން އިތުރަށް ފަސޭހަކޮށްދެވޭނެ ގޮތެއްކަން ގްލޯބަލް ދުކާންއިން ވަނީ ފާހަގަކޮށްފައެވެ.

ގްލޯބަލް ދުކާންގެ އެންމެ ހާއްސަ އެއް ފީޗާ އަކީ ތަފާތު އެކި ފިހާރަތަކުން ގަންނަ މުދާ އެއް”ޔުނިފައިޑް ކާޓް“ އަކަށްލައި، އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބުމެވެ.

ގްލޯބަލް ދުކާން އިން ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓްގެ ލޮޖިސްޓިކްސް ނެޓްވޯކް މެދުވެރިކޮށެވެ.

އެ ޕްލެޓްފޯމުން ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފައިވަނީ، ރާއްޖޭގައި ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރުން ވިޔަފާރިކުރަން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެއީ އެފަދަ އޮންލައިން ވިޔަފާރިއަށް ޑޮލަރު ވިއްކާ މިންވަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލިމިޓު ކުރުމާ ގުޅިގެންނެވެ. ބެންކުން އެ ލިމިޓުތައް ކަނޑައަޅައިފައިވަނީ، ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ވިއްކަން ޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top