ވިއްސާރައިގާ މާޅޮހުގެ 40 ގެެއަކަށް އެކިވަރުގެ ގެއްލުން

big_C6fzvTrcPElZj65x4SNBGZ31r-1.jpg

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގާ ބ. މާޅޮހުގެ 40 ގެއަކަށް ފެން ވަދެ، އޭގެ ތެރެއިން 23 ގޭގެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.

އިއްޔެ ރޭ ދަންވަރުން ފެށިގެން މާޅޮހަށް ބޯކޮށް ވެހުން ވާރޭގައި ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެރަށުން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންނާއި ރަށު ކައުންސިލުން އިއްޔެ އިން ފެށިގެން އައީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ނިމިފައިވަނީ ރޭ ވަރަށް ދަންވީ ފަހުންނެވެ.

“ވަރަށް ބޯކޮށް ވެހޭ، ފެންބޮޑުވެފައި އޮއްވާ އަނެއްކާ މެންދުރު ވާރޭވެހުނީމަ ބޮޑުވަރު މިވީ”. ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، 23 ގެއެއްގެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 40 ގެއަކަށް ފެންވަދެފައި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގާ މޫސުން ރަނގަޅުވާނޭ ކަމަށް މެޓުން ލަފާކުރައްވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top