ދަރަވަންދޫ ގައިވެސް ފެންބޮޑުވެއްޖެ!

big_C6fzvTrcPElZj65x4SNBGZ31r.jpg

13 ޖަނަވަރީ 2021 ދަރަވަންދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުން ޕަންޕު ޖަހައިގެން ދަރަވަންދޫ މަގެއްގައި ހެދިފައިވާ ފެންގަނޑު ހިއްކަނީ ---ފޮޓޯ :ޕީއެސްއެމް

ރާއްޖެއަށް މިޙާރު ކުރަމުންދާ ވިއްސާރައިގާ ބ.ދަރަވަންދުއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކުރި ގޮތުގައި ދަރަވަންދުއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ވަނީ 135.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ އިއްޔެ އެރަށަށް ކުރި ވިއްސާރައިގެ ސަބަބުން ބައެއްގެތަކަށް ފެންވަދެފައިވާކަމަށާ، އަދި ބައެއް މަގުތަކުގައި އެއް ފޫޓަށްވުރެ އުސްކޮށް ފެން ހެދިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައި ނުވިޔަސް ގެތަކަށް ފެންވަދެފައިވާ މިންވަރަށް ބަލާނަމަ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވާނޭކަމަށް ލަފާކުރެވޭކަމަށް މާޖިދު ވިދާޅުވިއެވެ.

ރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިންދާފައިވަނީ ދަރަވަންދޫ އެއަރޕޯޓްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަމްޕް ބޭނުންކޮށްގެން، މޫދަށް ކޯރުކަނޑައިގެން ރަށުގެ ރައްޔިތުންނާ ފުލުހުންގެ އިތުރުން އެރަށު އެއަރޕޯޓް މުވައްޒަފުންނާއި ކައުންސިލް ގުޅިގެންނެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ބ.އަތޮޅަށް ކަމަށް ވާއިރު ބ.މާޅޮހުގައިވެސް ފެންބޮޑުވެ ބައެއް ގޭގެއަށް ވަނީ ގެއްލުންތަކެއްލިބިފައެވެ. މާޅޮހު މަގުތަކުގައި ހެދިފައިއޮތް ފެންގަނޑުތައް ހިއްކާފައިވަނީ އެމްއެންޑީއެފްއާއި ފުލުހުންގެ އެޙީތެރިކަމާއެކު ރޭ މެންދަމުއެވެ.

އޭދަފުއްޓަށްވެސް އިއްޔއިން ފެށިގެން ބޯކޮށް ވާރޭ ވެހި ތާރު ނާޅާ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެ ގެއްލުމެއް ލިބިފައެއްނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top