ކޮވިޑް ވެކްސިން މިމަހު ރާއްޖެއަށް ލިބޭނެ: މިނިސްޓަރު ނަސީމް

c1_1998131_201007113934.jpg

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހެލްޓު މިނިސްޓަރު މިހެން ވިދާޅުވީ އޮންލައިން ނިއުސް ”ހުރިހާ ”އަށް ދިން އިންޓަވިއު އެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް މިހާރުވަނީ އަންގާފައެވެ.

ރާއްޖެއަށް މި މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަސް މިނިސްޓަރު ނަސީމް ވިދާޅުވެފައިވާއިރު، ޑިސެމްބަރު ފަހުކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވަނީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްއާއި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާއި ބައްދަލު ކުރައްވާފައެވެ.

ހަމަ އެއާއެކު ކޮވިޑް ވެކްސިން ގެނައުމަށް ސިންގަޕޫރުގެ އެސްޓްރާ ޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ކޮވެކްސް އާއި ހުއްދަ ދީފައިވާ އެހެން ބައެއް ވެކްސިން ވެސް ގެނައުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ސަރުކާރުން ހަމަޖައްސާފައިވާ ގޮތުގައި ވެކްސިން ފުރަތަމަ ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. އެއަށްފަހު އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top