ގައިންގަޔަށް އަރާ 3 ބައްޔެއް ފެތުރެނީ

big_1OKf2lX9uJS9h96nDKwNAifO5.jpg

ރާއްޖޭގައި މި ދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުން އަންނާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެތަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 23އިން 29 ވަނަ ދުވަހުގެ ނިޔަލަށް ލޮލުރޯގާގެ 407 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ މަހުގެ 30 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ބަލީގެ 337 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ލޮލޮރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ލ އަތޮޅާއި ފުވައްމުލަކުންނެވެ.

އެޗްޕީއޭ އިން ބުނީ ފާނަބަސަންދުގެ ރިޕޯޓްތައް ވެސް އިތުރުވަމުންދާ ކަމަށެވެ. އެ ބަލިޖެހިގެން 94 ކޭހެއް މިދިޔަ މަހުގެ 23އިން 29 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި މިދިޔަ ހަފުތާގައި އެކަނި ވެސް ފާނަބަސަންދުގެ 107 ކޭސް ފެނިފައިވެ އެވެ.

އެ ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދާއި ފާދިއްޕޮޅުންނާއި އައްޑޫންނެވެ.

އެޗްޕީއޭ އިން ބުނީ އޭގެ އިތުރުން އެންމެ ބޮޑަށް ފެތުރެނީ ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ކަމަށެވެ. މިދިޔަ މަހުގެ 23 އިން 29 ވަނަ ދުވަހުގެ ނިޔަލަށް އެ ބަލީގެ 11 ކޭހެއް ރިޕޯޓްކޮށްފައިވާއިރު މިދިޔަ ހަފުތާގައި 35 ކޭހެއް ރިޕޯޓްކޮށްފައިވެ އެެވެ. އެ ބަލީގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލޭ ސަރައްދުގެ އިތުރުން އދ. އަތޮޅުންނެވެ.

ހޭންޑް ފުޓް އެންޑް މައުތު ޑިޒީސްއަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖެހުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެއެވެ. ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި، ފޮޅުން ނުކުންނަ ދިޔަ، ކެއްސާ ކިނބިހި އަޅާއިރު ނޭވައިލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަސް ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top