މި އަހަރު ރަންނާ އެވޯޑް 15 ފަރާތަށް

DSC_8919.jpg

ތަޢުލީމީ ދާއިރާއިން ޝަރަފްވެރި ކަމުގެ އެވޯޑް ލިބިވަޑައިގަތް ކުޑަރިކިލު، ހަޒާރުމާގޭ، ޢަބްދުލްޙަމީދު އާދަމް

ބ.އަތޮޅަށް ޚިދުމަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅު ކައުންސިލުން ތައާރަފް ކޮށްފައިވާ ރަންނާ އެވޯޑް މިއަހަރު 15 ފަރާތަށް ލިބިއްޖެއެވެ.

މިރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ރަންނާ އެވޯޑުގެ ޝަރަފްވެރިކަމުގެ އެވޯޑް ދެ ބޭފުޅަކަށް ލިބިވަޑައިގަތްއިރު ހިތްވަރު ދިނުމުގެ ރަންނާ އެވޯޑް 13 ބޭފުޅަކަށް ލިބިވަޑައިގަތެވެ. ޝަރަފްވެރިކަމުގެ އެވޯޑު ލިބިފައިވަނީ ، އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން އޭދަފުށީ ހަތިހާ ޢަބްދުއްސައްތާރު ޢަލީ އާއި ތަޢުލީމީ ދާއިރާއިން ކުޑަރިކިލު، ހަޒާރުމާގޭ، ޢަބްދުލްޙަމީދު އާދަމް އަށެވެ.

މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ސާނަވީ/މަތީ ސާނަވީ އަދި ކުޅިވަރުގެ ބައިން ވަނަތައް ހޯދައިދީފައިވާ ފަރާތްތަކުގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑްދީފައި ވެއެވެ.

2016ވަނަ އަހަރު ބ.އަތޮޅު ކައުންސިލުން ތައާރަފްކުރި ރަންނާއެވޯޑް މިއަހަރު ދީފައި މިވަނީ އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top